މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ވިލިމާލޭގައި އެޅުމަށް ނިންމާފައިވާ 300 ފުލެޓުގެ މަޝްރޫޢުގެ ދަށުން، އެއް ޓަވަރު އަޅާ ސަރަޙައްދު ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ ސަރަޙައްދުގައި ހުރި ގިނަ ދުވަސްވީ ފުނަގަސްތައް ހިމާޔަތްކުރުމުގެ މަޤްޞަދުގައި ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.
މީސް މީޑިއާގައި ޑރ. މުއްޠަލިބް މިއަދު ވިދާޅުވީ، މާލެ ސަރަޙައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސްޖާގަ ނެތުމަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު ދައްޗެއް ކަމަށެވެ. ހަމައެހެންމެ، އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ނުހަނު ދަތި ހާލަތުގައި، ދިރިއުޅުމުގެ އަސާސީ މިންގަނޑުތަކަށްވުރެ ކުޑަ ތަންތަނުގައި ކަމަށްވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މި އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކަމަށް މުއްޠަލިބް ވިދާޅުވެފައިވެއެވެ.
މުއްޠަލިބް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފުލެޓު އެޅުމަށް ބޭނުންވާ ބިން ހޯދުން ކަމަށެވެ. އެގޮތުން މާލެ ސަރަޙައްދުގައި މިހާރު ހިއްކާފައިވާ އަދި ހިއްކަމުންދާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ބިންތަކަށް ވާތީ، އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ލިބެން ހުރި ބިންތައް މަދުވެފައިވާކަން މުއްޠަލިބް ފާހަގަ ކުރެއްވިއެވެ.
މި ސަރުކާރުން ވިލިމާލޭގައި ކުރިއަށް ގެންދާ 300 ފުލެޓުގެ މަޝްރޫޢަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ އެ ރަށުގައި ހުރި ބޮޑެތި ފުނަގަސްތައް ނުކަނޑައި މި މަޝްރޫޢު ނިންމުމެވެ. ނަމަވެސް، މަޝްރޫޢުގައި ހިމެނޭ 3 ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅަން ކުރިން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން އެ ޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
މި ނިންމުމާއެކު، ވިލިމާލޭގެ ފެހިކަމާއި ގުދުރަތީ ރީތިކަން ހިމާޔަތްކުރެވިގެންދާނެއެވެ. ސަރުކާރުގެ މި ފިޔަވަޅަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ތިމާވެއްޓަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު މުއްޠަލިބް ވަނީ ފާހަގަ ކުރަށްވާފައެވެ.
ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި 300 ހައުސިން ޔުނިޓާއި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅިގެން ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުންނާއި އާންމުންގެ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އާރްސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި 17 ފަންގިފިލާގެ ތިން ޓަވަރު ބިނާކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތުގެ ސަބަބުން އެ އަވަށުގައި ހުރި ދުވަސްވީ ގިނަ ގަސްތަކެއް ގެއްލިގެންދާނެތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މީގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގައި އަޅާ ހޮސްޕިޓަލަށް ކަނޑައަޅާފައިވާ ބިމުގައި ހުރި 50 އަށް ވުރެ ގިނަ ގަސް ކަނޑަން ޖެހުމަކީ ވެސް ތިމާވެއްޓަށް ލިބޭނެ ގެއްލުމެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު