މާލެ ސިޓީގައި 500 ސޯޝަލް ހައުސިންގް ޔުނިޓް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2026 އޭޕްރީލް 21 އިން 22 އަށް ޗައިނާގެ ބެއިޖިންގްގައި ކުރިއަށްދިޔަ "ތާޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއަރޑް ޑިވެލޮޕްމަންޓް" ކޮންފަރެންސްގެ ހަވާސާގައި ކަމަށެވެ. މި މަޝްރޫޢަކީ ޗައިނާ ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ އިންޓްރެސްޓް ފްރީ (އިންޓްރެސްޓް ނުނަގާ ގޮތަށް ހަމަޖައްސާ) ފެސިލިޓީއެއްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އިބްރާހީމް ތޯޢާމް މުޙައްމަދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ގެ ވައިސް ޗެއަރމަން ލިއު ޖުންފެންގް އެވެ.
މި ބައްދަލުވުމުގެ ތެރެއިން ސީ.އައި.ޑީ.ސީ.އޭ އާއެކު ބޭއްވުނު ބައިލެޓްރަލް ބައްދަލުވުމެއްގައި، ޗައިނާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ އެކި މަޝްރޫޢުތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައެވެ.
މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ތަރައްޤީގެ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުންވެސް ޔަޤީންކަން ދީފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށް ކުރަށްވަމުންދާ މަސައްކަތްތަކުގެ ދަށުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ތަސައްލީއެއް ގެނެސްދެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތެކެވެ.

During the Third High-Level Conference on Global Action for Shared Development, held in Beijing from 21–22 April 2026, the Government of the Maldives, on the sidelines of the conference, signed the minutes of a meeting with the Government of the People’s Republic of China for the… pic.twitter.com/eAGiGNSd2w
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) April 25, 2026
މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ތަރައްޤީގެ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުންވެސް ޔަޤީންކަން ދީފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށް ކުރަށްވަމުންދާ މަސައްކަތްތަކުގެ ދަށުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ތަސައްލީއެއް ގެނެސްދެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ހިޔާލު