ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ރައީސެއްގެ ދިފާޢުގައި ވާހަކަދައްކަވަނީ އެއްވެސް ގޮތެއް ނެތް ބައެއްކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ވައްކަންތަކާއި، ގާނޫނާ ހިލާފު އަމަލުތައް ފޮރުވުމަށްޓަކައި ސަރުކާރުގެ "މޮޅު ވާހަކަ" ދެއްކުމަށް ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސް ވަނީ އަންގަވާފައެވެ.
އައްބާސްގެ ޕޯސްޓުގައި އިތުރަށް ވިފާޅުވީ ސަރުކާރުގެ ދިފާޢުގައި ޓީވީ ތަކަށް އަރައި ދޮގު ވާހަކަ ދައްކަވަނީ ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓިފައިވާ ރައީސެއްގެ "ގައިން މިލަ ފިލުވަން" ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގަނީ ރައްޔިތުންގެ ހައްގުގައި ބަހެއް ބުނަން ނުކެރި ތިބި، އެއްވެސް ގޮތެއް ނެތް މީހުން ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
"ތިމާމެންނަށް ވޯޓުދީ އިންތިހާބު ކުރި ރައްޔިތުންގެ ހައްޤުގައި މަޖިލީސްގައި ބަހެއް ބުނެލަން ނުކެރި ތިބެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ރައީސެއްގެ ގައިން މިލަ ފިލުވަން ދިފާޢުގައި ޓީވީ ތަކަށް އަރާ ދޮގުވާހަކަތަށް ދައްކާނީ ވަރަށް ގޮތެއް ނެތީމަ،" އައްބާސް ވިދާޅުވިއެވެ.
އައްބާސް މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅިގެން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު