އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނެރޭ ކޮންމެ ކެންޑިޑޭޓަކު ހޮވުނު ނަމަވެސް، އެ ބޭފުޅެއްގެ ފަހަތުގައި ސާބިތުކަމާއެކު ހުންނަވާނެ ކަމަށެވެ.

"އިތުބާރު" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއީލް ފާހަގަކުރެއްވި ގޮތުގައި، އޭނާގެ އެންމެ ބޮޑު އަމާޒަކީ އެމްޑީޕީ އަލުން ވެރިކަމަށް ގެނައުމެވެ.

އަދި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް، ޕާޓީއާ ދުރަށް ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މީގެ އިތުރުން، ޕާޓީގެ ހިންގުން ހަރުދަނާކޮށް، މާލީ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް މީކާއީލް ވިދާޅުވިއެވެ.

ޚާއްސަކޮށް ޕާޓީގެ ފައިސާއަށް ވާގޮތް އާންމު މެމްބަރުންނަށް ހާމަކޮށްދެއްވާނެ ކަމަށް އޭނާ ވައުދުވެވަޑައިގެންނެވިއެވެ.

މީކާއީލް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ކަމަށާއި، ޗެއާޕާސަން ހޮވުމުގައި ރައްޔިތުން ނިންމާ ނިންމުމަކީ ޕާޓީގެ މުސްތަގުބަލަށް ވަރަށް މުހިއްމު ނިންމުމަކަށް ވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު