ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވާ ކަމަށާއި، އެ އަމާޒަށް ވާސިލުވުމުގެ ކުރިން އެހެން އެއްވެސް ސިޔާސީ ކަމަކާ މެދު ވިސްނާވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕޭނަށް މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ގާނާގައި އަދާކުރައްވަމުން ގެންދެވި ބައިނަލްއަގުވާމީ މަތީ މަގާމު ދޫކުރައްވައި އަލުން ރާއްޖޭގެ ސިޔާސީ މައިދާނަށް ވަޑައިގަތީ ގައުމުގެ ހާލަތު އިންތިހާއަށް ގޯސްވެ، ނުރަނގަޅު މިސްރާބަކަށް ގައުމު މިސްރާބު ޖަހާފައިވާތީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަޝީދު ވިދާޅުވީ މިއީ އެމަނިކުފާނާއި އެމަނިކުފާނުގެ ދަރިފަސްކޮޅުގެ ވެސް ގައުމު ކަމަށްވާއިރު، ގައުމުގެ ކަންކަން ބޮއްސުންލައިގެން ގޮސް، ރައްޔިތުންނަށް ދަތިވާ ގޮތަށް ކަންކަން ހިނގަމުންދާ މަންޒަރު ބަލަން ހުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ވަޒީފާއެއްގަ ހުރެފަ އަޅުގަނޑު މިތަނަށް މި އައީ، އަޅުގަނޑުގެވެސް ދެ ދަރިންގެ ރަށް، އަދި އަޅުގަނޑުމެން އެންމެންގެ ގައުމު. މިތަން ގޯސްކޮށް ދިޔަ ދީގެން ނުވާނެ، މި ވެރިކަން ބަދަލުކުރަން ޖެހޭނެ. އެހެންވީމަ އަޅުގަނޑު މަސައްކަތް މި ކުރަނީ ވެރިކަން ބަދަލުކުރަން" ނަޝީދު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މާތްﷲގެ އިރާދަފުޅާއެކު މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ރާއްޖެ ވަޑައިގަތް މައިގަނޑު މަގްސަދަކީ ވެސް މިހާރު އޮތް ސަރުކާރު ނިމުމަކަށް ގެނައުން ކަމަށާއި، އެ މަސައްކަތް ނިމެންދެން ސިޔާސީ މައިދާނުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ނިމުމުން ނޫނީ އެހެން އެއްވެސް ކަމަކާ މެދު ޚިޔާލުފުޅު ކުރެއްވުމުގެ ގަސްތެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރުން ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ލާބައަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ތުހުމަތުކުރައްވަމުން، ނަޝީދު ވިދާޅުވީ ގައުމުގެ ހާލަތު އިސްލާހުކޮށް، ހަމަ މަގަށް އެޅުވުމަށް އޮތް އެންމެ ވަރުގަދަ ސިޔާސީ ބާރަކީ އެމްޑީޕީ ކަމަށެވެ. އެހެންކަމުން މި ވެރިކަން ބަދަލުކުރުމަށްޓަކައި އެކި މަންސަތަކުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު