ދަރަނިވެރިކަމުން ސަލާމަތްވުމަކީ ޖުމްލަ ދަރަނީގެ މިންވަރު ކުޑަކުރުން ކަމަށާއި، ދަރަނީގެ މައްޗަށް ދަރަނި ނަގައިގެން އަންނަން އޮތް ޖީލުތަކަށް އެ ބުރަ ވާރުތަކުރުވުމަކީ ހައްލެއް ނޫން ކަމަށް ކުރީގެ ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދެއްކުމަށްފަހު، ހަމަ އެ ދުވަހު އަލުން 30 ބިލިއަން އިންޑިއަން ރޫޕީސްގެ އައު ފެސިލިޓީއެއް ރާއްޖެއަށް ހަމަޖައްސައިދީފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ ދަރަނިވެރިކަމުން ސަލާމަތްވުމަކީ ދަރަނީގެ މައްޗަށް ދަރަނި ނަގައިގެން މިއަދު "އަޗާތަޅާފައި"، މާދަމާގެ ޖީލުތަކަށް އެ ދަރަނި ދޫކޮށްލުން ނޫން ކަމަށެވެ.
ކަރަންސީ ސްވޮޕްގެ މި އެއްބަސްވުމުގެ ދަށުން 23 އެޕްރީލް 2026 ގައި ދަރަނި ދެއްކުމަށްފަހު، އައު ފެސިލިޓީއެއް ހަމަޖެހިގެން ދިޔުމަކީ ދައުލަތުގެ ޖުމްލަ ދަރަނި ކުޑަވާ ކަމެއް ނޫން ކަމަށް އިގްތިސާދީ މާހިރުން ދަނީ ފާހަގަކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން ގައުމުގެ މާލީ ހާލަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދަރަނިވެރިކަމުން ސަލާމަތްކުރުމަކީ، ޖުމްލަ ދަރަނީގެ މިންވަރު ކުޑަކުރުމެވެ. ދަރަނީގެ މައްޗަށް ދަރަނިނަގައިގެން މި އަދު އަޗާތަޅާފައި، މާދަމާގެ ޖީލުތަކަށް ދަރަނީގެ ބުރަ ވާރުތަކުރުވުމެއް ނޫނެވެ.
— Ismail Zariyand (@zariyand) April 25, 2026
ކަރަންސީ ސްވޮޕްގެ މި އެއްބަސްވުމުގެ ދަށުން 23 އެޕްރީލް 2026 ގައި ދަރަނި ދެއްކުމަށްފަހު، އައު ފެސިލިޓީއެއް ހަމަޖެހިގެން ދިޔުމަކީ ދައުލަތުގެ ޖުމްލަ ދަރަނި ކުޑަވާ ކަމެއް ނޫން ކަމަށް އިގްތިސާދީ މާހިރުން ދަނީ ފާހަގަކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން ގައުމުގެ މާލީ ހާލަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު