ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެ ސިޓީއަށް ވަޑައިގަތުމުން، އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ނަޝީދު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބައިވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެއާޕޯޓް ސަރަހައްދަށް ޖަމާވެފައެވެ. ރަށުގެ ގިނަ ރައްޔިތުންނާއި ޕާޓީގެ އިސް ފަރާތްތަކުން ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވެފައެވެ.
މި ދަތުރުފުޅަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ތާއީދު ހޯއްދެވުމަށާއި، ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރައްވައި ޕާޓީ ހިންގުމާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިގޮތުން، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަނީ ޕާޓީ ވަރުގަދަކޮށް، ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލުތަކެއް ގައުމަށް ގެނައުމަށްޓަކައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އައްޑޫގެ އެކި އަވަށްތަކުގައި ހުރި އެމްޑީޕީގެ ހަރުގެތަކަށް ޒިޔާރަތް ކުރެއްވުމާއި، "ދޮރުން ދޮރަށް" ހިންގަވައި ރަށުގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި ހާލުބެއްލެވުން ހިމެނެއެވެ. މީގެ އިތުރުން، ޕާޓީގެ އިސް އެކްޓިވިސްޓުންނާ އެކު ޚާއްސަ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

President Nasheed arrived Addu 💛🌼 pic.twitter.com/SmxhdXcclJ
— Luke (@lucasjalyl) April 25, 2026
މި ދަތުރުފުޅަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ތާއީދު ހޯއްދެވުމަށާއި، ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރައްވައި ޕާޓީ ހިންގުމާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިގޮތުން، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަނީ ޕާޓީ ވަރުގަދަކޮށް، ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލުތަކެއް ގައުމަށް ގެނައުމަށްޓަކައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އައްޑޫގެ އެކި އަވަށްތަކުގައި ހުރި އެމްޑީޕީގެ ހަރުގެތަކަށް ޒިޔާރަތް ކުރެއްވުމާއި، "ދޮރުން ދޮރަށް" ހިންގަވައި ރަށުގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި ހާލުބެއްލެވުން ހިމެނެއެވެ. މީގެ އިތުރުން، ޕާޓީގެ އިސް އެކްޓިވިސްޓުންނާ އެކު ޚާއްސަ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު