ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު އޮތީ ބޮއްސުންލާފައި ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޖަމީލު މިފަދައިން ވިދާޅުވީ ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހިނގަމުންދާ އިހުމާލުތަކުގެ ސަބަބުން ފުރާނަތައް ގެއްލެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ވަކިން ހާއްސަކޮށް، ބްލަޑް ސާވިސްގެ ތެރޭގައި ހިނގި ކަމަށް ބުނާ ބޮޑެތި އިހުމާލުތަކާއި، ތެލަސީމިއާ ކުދިންގެ ގަޔަށް ކުނިވެފައިވާ ލޭ އެޅި ކަމަށް ބުނާ މައްސަލަތައް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނަފުސާނީ ދުޅަހެޔޮކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް އިތުރުވަމުންދާކަން ވެސް ޖަމީލު ފާހަގަކުރެއްވިއެވެ.
އަދި މިހާރުގެ ސަރުކާރުން އާސަންދަ ނިޒާމު "ފުނޑާލާފައިވާ" ކަމަށް ތުހުމަތު ކުރައްވަމުން، ދައުލަތުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން އާންމުވުމުގެ ސަބަބުން އަސާސީ ޚިދުމަތްތަކަށް ކުރަންޖެހޭ ހޭދަ ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީރުންނަކީ ހަމައެކަނި މުސާރަ ނަގަން ތިބި، ޒިންމާދާރުކަމެއް ނެތް ބައެއްގެ ގޮތުގައި ސިފަކުރައްވައި، ސަރުކާރުގެ ހިންގުންތެރިކަމަށް ޖަމީލު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު