ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ "ފިނޑި" އަމަލުތަކުގެ ސަބަބުން ބިރުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން އޭނާއަށް އަމާޒުކޮށް މީހަކު ހަމަލާދޭން މަސައްކަތް ކުރުމާ ގުޅިގެންނެވެ.
އާޒިމް އިތުރަށް ވިދާޅުވީ މިފަދަ ކަންކަމުން އޭނާގެ އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް، ކުއްލި ގޮތަކަށް މީހަކު މުޒާހަރާގެ ތެރެއަށް ވަދެގަނެގެންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މަގުމަތީގައި މަޑުކޮށްލައިގެން ހުރި ޒުވާނަކު ވަނީ އާޒިމްގެ ގައިގައި އަތްލައި ކޮށްޕާލާފައެވެ. ނަމަވެސް، އެ ވަގުތު މުޒާހަރާގެ ބައިވެރިން ވަނީ ވަގުތުން އާޒިމްގެ ދިފާއުގައި ނުކުމެފައެވެ.
މި ހަމަލާއާ ގުޅިގެން މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރާ ގޮތުގައި، މިއީ އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅައި ބިރުދެއްކުމުގެ މަގުސަދުގައި ސަރުކާރުގެ އަޑީގައި އޮވެގެން ރާވައިގެން ހިންގާފައިވާ އަމަލެކެވެ. މި ހާދިސާ ހިނގި ނަމަވެސް، އާޒިމް ހުންނެވީ ސަރުކާރުގެ މިފަދަ އަމަލުތަކަށް ދޫނުދެއްވާނެ ކަމުގެ ވަރުގަދަ އަޒުމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު