މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމް.ބީ.އެސް) ގައި ފުރިޖު ހަލާކުވެގެން ބަދަލުކުރި ލޭ ޕެކެޓްތަކެއް އަލުން ޓެސްޓު ނުކޮށް އެޅި މައްސަލައެއް ފެންމަތިވެ، އެކަމުގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް އެމް.ބީ.އެސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 19 އޭޕްރިލް 2026 ވީ އާދީއްތަ ދުވަހުގެ ރޭ މަރުކަޒު ބަންދުކުރި ފަހުން، ލޭ ރައްކާކުރާ ފްރީޒަރަކަށް ފަންނީ މައްސަލައެއް ދިމާވި ކަމަށެވެ. މިކަން ފާހަގަކުރެވުނީ އެ ރޭގެ 23:21 ހާއިރު ފިނިހޫނުމިން މޮނިޓާކުރާ އެލާމް ސިސްޓަމުން މެސެޖު ލިބުމާ ގުޅިގެން ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އެމް.ބީ.އެސް އިން ބުނީ މި އެލާޓާ އެކު، އެމް.ބީ.އެސްގެ މުވައްޒަފުން ވަގުތުން މަރުކަޒަށް ހާޒިރުވެ، ފްރީޒަރުގައި ހުރި 12 ލޭ ޕެކެޓް ރައްކާތެރިކަމާއެކު އެހެން ފްރީޒަރަކަށް ބަދަލުކުރި ކަމަށެވެ. އެމް.ބީ.އެސްގެ ބަޔާނުގައި ބުނެފައިވަނީ ފްރީޒަރުގެ ފިނިހޫނުމިން 11 ޑިގްރީ ސެލްސިއަސްއަށް މަތިވި ނަމަވެސް، ސިއްހީ މިންގަނޑުތަކަށް ބަލާއިރު 10 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިނުވާ ގޮތަށް 24 ގަޑިއިރު ވަންދެން ލޭ ރައްކާތެރިކަމާއެކު ބެހެއްޓޭނެ ކަމަށެެވެ. އެހެންކަމުން، އެ ދުވަހު ބޭނުންކުރި ލެޔަކީ އެއްވެސް ގޮތަކަށް ތަގައްޔަރުވެފައިވާ ނުވަތަ ބޭނުންނުކުރެވޭ ފަދަ ލެޔެއް ނޫންކަމުގެ ފުރިހަމަ ޔަގީންކަން އެމް.ބީ.އެސް އިން ވަނީ ދީފައެވެ.ނަމަވެސް، މި ހާދިސާއާ ގުޅިގެން އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ދަނިކޮށް، ޖެހިގެން އައި ހޯމަ ދުވަހުގެ ހެނދުނު 09:30 ހާއިރު، އެ ލޭ ޕެކެޓްތަކުގެ ތެރެއިން ތިން ޕެކެޓެއް ތިން ބަލިމީހަކަށް އަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެމް.ބީ.އެސް އިން ބުންޏެވެ. މިކަން އެނގުމާއެކު، ކަމާބެހޭ މައުލޫމާތު ވަގުތުން އެ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށްވެސް އެ އެ އިދާރާއިން ބުނެއެވެ.
މި މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށްޓަކައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން މިހާރު ވަނީ ތަހުގީގު ޓީމެއް އެކުލަވާލާފައެވެ. އަދި ލޭ އެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކުގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ މުވައްޒަފަކު، ތަހުގީގު ނިމެންދެން 23 އޭޕްރިލް އިން ފެށިގެން ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާ ކަމަށް އެމް.ބީ.އެސް އިން ވަނީ ބުނެފައެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް އިން އިތުރަށް ބުނެފައިވަނީ، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްދާނެ ކަމަށާއި، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު