އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެވެ. އެހެނިހެން ދީންތަކާއި، ޙަޟާރަތްތަކުގައި، އިންސާނާގެ ރީތިކަން ޢާންމު ގޮތެއްގައި މިންކުރަނީ ހަމައެކަނި ބޭރުފުށުގެ ޒީނަތަށެވެ. ނަމަވެސް، އިސްލާމްދީން ބަލަނީ އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމާއި ޒީނަތްތެރިކަމަށެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلطَّهُوْرُ شَطْرُ الْإِيْـމَانِ) މާނައީ: "ތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ."
މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަމެވެ. އޭނާ ނަމާދަށް ހުއްޓެނީ ވުޟޫކޮށް ތާހިރުވެގެންނެވެ. ޤުރްއާން ކިޔަވަނީ ވެސް ތާހިރުކަންމަތީ ހުރެގެންނެވެ. އޭނާގެ ހަށިގަނޑާއި ފޭރާމާއި އުޅޭ ތަން ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި އާދައެއް ނޫނެވެ. އެއީ الله سُبْحَانَهُ وَتَعَالَى ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެކެވެ. އެކަލާނގެ ވަޙީކުރަށްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "طَاهِرُވެގަންނަ މީހުން ދެކެ الله ލޯބިވެވޮޑިގެންވެތެވެ." ޙަޤީޤީ ތާހިރުކަމަކީ ހިތުގެ ތާހިރުކަމާ ނުލައި ފުރިހަމަވާނޭ ކަމެއްނޫނެވެ. ޝިރުކާއި، ޙަސަދައާއި، ޝައްކުތަކުން ހިތް ސާފުނުކޮށް، ހަމައެކަނި ބޭރުފުށް ރީތިކުރުމަކީ، ގަނޑުވަރެއްގެ ބޭރު ޒީނަތްތެރިކޮށްފައި އޭގެ އެތެރެ ގޮނޑަކަށް ހެދުން ފަދަ ކަމެކެވެ.
މާތް الله އިންސާނާ އުފައްދަވައިފައިވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. މި ސާފުކަން ދެމެހެއްޓުމަށް ޓަކައި، މާތް ނަބިއްޔާ ﷺ ވަނީ "ފިޠުރަތުގެ ސުންނަތްތައް" އުނގަންނައި ދެއްވައިފައެވެ. އެ ކަންތައްތައް ބަޔާންކޮށްދެއްވައި، މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (خَمْسٌ مِنَ الْفِطْرَةِ: اَلْخِتَانُ، وَالْاِسْتِحْدَادُ، وَنَتْفُ الْإِبْطِ، وَتَقْلِيْمُ الْأَظْفَارِ، وَقَصُّ الشَّارِبِ) މާނައީ: "ފިޠުރަތުގެ ތެރެއިންވާ ފަސްކަމެއް ވެއެވެ. އެއީ ޚިތާނުކުރުމާއި، ފޫޅުންތިރީ އިސްތަށި ބޭލުމާއި، ކިހިލިފަތް ދަށު އިސްތަށި އުފުރުމާއި، ނިޔަފަތި ކެނޑުމާއި، މަތިމަސް ކޮށުމެވެ." މި ކަންކަމަށް ފަރުވާކުޑަކޮށް، މިއާ ޚިލާފަށް ޢަމަލުކުރުމަކީ މުސްލިމުންގެ އަޚުލާޤެއް ނޫނެވެ. އެއީ ޖަރާސީމު އުފެދި، ހަށިގަނޑުން ނުބައި ވަސް ދުވުމަށް މެދުވެރިވާ ކަމެކެވެ. އަދި އެއީ އިންސާނީ ރީތި ފިޠުރަތާ ޚިލާފު ސިފައެކެވެ.
މިއަދުގެ ޒަމާނީ ވަސީލަތްތަކާއެކު، ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވާތަން އެބަފެނެއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއްކަމަކީ، ސެލޫންތަކަށް ގޮސް "ވެކްސް" ކުރުމަށް ނުވަތަ "ލޭޒާ ޓުރީޓްމެންޓު" ހެދުމަށް ޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމެވެ. މިއީ ދީނީ ގޮތުން ހުއްދަކަމެއް ނޫނެވެ. ޞިއްޙީ ފަރުވާއެއް ފަދަ ޟަރޫރީ ޙާލަތެއްގައި މެނުވީ މިކަން ހުއްދައެއް ނުވާނެއެވެ. ރީތިކަމާއި ސާފުތާހިރުކަން ހޯދާންވާނީ ޙަރާމް މަގުތަކުން އެއްކިބާވެ ތިބެގެންނެވެ.
މިސްކިތްތަކަކީ މަލާއިކަތުން ޙާޟިރުވާ ތަންތަނެވެ. އާދަމުގެ ދަރިޔާއަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅު ވެއެވެ. ވީމާ ތިމާގެ ހަށިގަނޑާއި ފޭރާމުން ދުވާ ވަހަށް ސަމާލުވާށެވެ! މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَكَلَ الْبَصَلَ وَالثُّوْمَ وَالْكُرَّاثَ فَلَا يَقْرَبَنَّ مَسْجِدَنَا، فَإِنَّ الْمَلاَئِكَةَ تَتَأَذَّى مِمَّا يَتَأَذَّى مِنْهُ بَنُوْ آدَمَ) މާނައީ: "(ނަމާދު ވަގުތާ ކައިރިކޮށް) އެއްވެސް މީހަކު ފިޔާއާއި ލޮނުމެދާއި ލީކުސް ކައިގެން، ތިމަންމެންގެ މިސްކިތްތަކާ ކައިރިނުވާހުށިކަމެވެ. (އެބަހީ: ނަމާދުގެ ޖަމާޢަތަށް ނާންނާށެވެ!) ފަހެ، ހަމަކަށަވަރުން، އާދަމުގެ ދަރީންނަށް އެ ކަމަކުން އުނދަގޫވާ ކަންތައްތަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅު ވެއެވެ." އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކޮށްގެން، ނުވަތަ ގައިން ދާވަސް ދުވާ ޙާލުގައި ނުވަތަ އަނގައިން ނުބައިވަސް ދުވާ ޙާލުގައި، މިސްކިތުގެ ޖަމާޢަތަށާއި މީސްތަކުން އެއްވެ ތިބޭ ތަންތަނަށްދާ އިރު އެ ވަސްތައް ކަނޑުވައިގެން މެނުވީ އެ ފަދަ ތަންތަނަށް ނުދާށެވެ! އެއީ އެހެން މީހުންނަށް ކުރެވޭ އުނދަގުލެކެވެ!
އިސްލާމްދީނަކީ ރީތިކަމަށް ލޯބިކުރާ، އަދި ޒީނަތްތެރިވުމަށް ހިތްވަރުދޭ ދީނެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ اللهَ جَمِيْلٌ يُـحِبُّ الْجَمَالَ) މާނައީ: "ހަމަކަށަވަރުން، ﷲ تَعَالَىއީ، ހުރިހައި ފުރިހަމަކަމަކާއި ރީތިކަމެއްގެ ވެރި ރަސްކަލާނގެއެވެ. އެކަލާނގެ ރީތިކަމަށް ލޯބިކުރައްވައެވެ." ވީމާ، ތިބާ ލައިއުޅޭ ފޭރާމާއި، ދިރިއުޅޭ ގެދޮރާއި، ތިބާގެ ބޭރުފުށް ސާފު ތާހިރުކޮށް ބެހެއްޓުމާއެކު، މާތްﷲ އެންގެވިގޮތަށް ޢަމަލުތައް ބެހެއްޓުމަކީ، އެތެރެފުށުގެ ސާފުތާހިރުކަމެވެ.
މިއަދުގެ މުޖުތަމަޢުން ފެންނަ ހިތާމަވެރި ބައެއް މަންޒަރުތަކަށް ބަލައިލާ އިރު، ބައެއް ފަހަރު ނޭނގުމުގެ ތެރެއިން ނަމަވެސް، ހެދުން އެޅުމުގައި ބޮޑެތި ކުށްތަކަށް އަރައިގަނެވެއެވެ. ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުމެވެ. ޢިއްފަތްތެރިވެ އަބުރުވެރި ވުމެވެ. ނަމަވެސް ބުރުގާ އަޅައިގެން ތިބޭ އިރު، ކަންފަތުގައިލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި، ބޮލުގައި ފޮތިކޮޅެއް އޮޅައިލައިގެން ކަނދުރާ ފެންނަގޮތަށް ހެދުން އެޅުމަކީ ޙިޖާބުގެ މަޤުޞަދު ގެއްލޭ ކަމެކެވެ. އަދި ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެކެވެ. ކުޅިވަރުގެ މައިދާނުގައި ވިޔަސް، އަދި އެހެން ތަނެއްގައި ވިޔަސް ޢައުރަ ހާމަނުކުރާށެވެ! ޢައުރަ ނިވައިނުވާވަރުގެ ފޭރާން ލައިގެން އުޅުމަކީ މުސްލިމުންގެ ކަމެއް ނޫނެވެ. ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރާއިރު ޢައުރަ ކަޝްފުވާފަދަ ހެދުން އެޅުމަކީ ނަމާދު ބާޠިލުވާނޭކަމެކެވެ.
ޒީނަތްތެރިވުމުގެ ނަމުގައި، މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިތަކުގެ ތެރެއިން މަޅިއެކެވެ. މިގޮތުން ޓެޓޫ ޖެހުމާއި ބުމަ ހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި، ބުމަ ތުނިކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުން ފަދަ ކަންކަން ކުރުމަކީ ﷲގެ ލަޢުނަތް ހުރި ކަންކަމެވެ. މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވައިފައި ވެއެވެ. (لَعَنَ اللهُ الْوَاشِـމَاتِ وَالْمُسْتَوْشِـމَاتِ، وَالنَّامِصَاتِ وَالْمُتَنَمِّصَاتِ، وَالْمُتَفَلِّޖَاتِ لِلْحُسْنِ الْمُغَيِّرَاتِ خَلْقَ اللهِ) މާނައީ: "ޓެޓޫ ޖަހައިދޭ އަންހެނުންނާއި ޓެޓޫ ޖަހައިދެވޭ އަންހެނުންނާއި ބުމަ އުފުރައި ނުވަތަ ބުމަ ބައިލައިދޭ އަންހެނުންނާއި ބުމަ އުފުރައި ނުވަތަ ބުމަ ބައިލައިދެވޭ އަންހެނުންނާއި އަދި ރީތިކަން ދެއްކުމަށް ޓަކައި މެދު ދެ ދަތް ދުރުކުރާ އަންހެނުންނާއި، ﷲގެ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް މާތް ﷲ ލަޢުނަތްލެއްވިއެވެ." މިކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އެއްވެސް ތަފާތެއް ނުވެއެވެ. އަދި މީގެ އިތުރަށް، ވުޟޫކުރާ އިރު ފެން ނުޖެހޭ ފަދަ އެއްޗެހި ބޭނުންކުރުމުން ވުޟޫ ޞައްޙައެއް ނުވާނެއެވެ. ރީތިވާން ކުރާ ކަމަކުން، ދީނުގެ ތަނބު ކަމުގައިވާ ނަމާދު ޞައްޙަނުވާ ޙާލަތެއްގައި ހުރުމަކީ ކޮންފަދަ ނުރައްކައުތެރި ނުބައިކަމެއްހެއްޔެވެ؟
އަނބިދަރީން މިފަދަ ކަންކަމަށް އަރައިގަންނަނީ ފަހަރުގައި އެ ކަމުގެ ޙުކުމް ނޭނގިގެން ނުވަތަ ފަރުވާކުޑަވެގެން ކަމަށް ވެދާނެއެވެ. އެހެންކަމުން، ހަރުކަށިކަމާއި ރުޅިވެރިކަން ދޫކޮށް، ލޯތްބާއި ކުލުނާއި ހިކުމަތްތެރިކަމާ އެކު އަނބިދަރީންނަށް ނަސޭހަތްދޭށެވެ! އަތުގައި ހިފައިގެން ސުވަރުގެއަށް ގެންދާށެވެ!
ޒީނަތްތެރިކަން ދެއްކުން އެންމެ އައުލާވެގެންވަނީ ދެމަފިރީން އެކަކު އަނެކަކަށެވެ. اِبْنُ عَبَّاس رَضِيَ الله عَنْهُمَا ވިދާޅުވެފައި ވެއެވެ. (إِنِّيْ أُحِبُّ أَنْ أَتَޒَيَّنَ لِلْمَرْأَةِ، كَمَا أُحِبُّ أَنْ تَتَޒَيَّنَ لِـيَ الْمَرْأَةُ) މާނައީ: "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އަނބިއަނބި ކަނބަލުން ތިމަންކަލޭގެފާނަށް ޓަކައި ޒީނަތްތެރިވުމަށް ތިމަންކަލޭގެފާނު ލޯބިފުޅުކުރައްވާ ފަދައިން، ތިމަންކަލޭގެފާނު ވެސް އެކަނބަލުންނަށް ޓަކައި ޒީނަތްތެރިވުމަށް ލޯބިފުޅުކުރައްވަމެވެ." މިއީ ކޮންފަދަ ރިވެތި ނަމޫނާއެއްހެއްޔެވެ؟ ދެމަފިރީން އެކަކު އަނެކަކަށް ޒީނަތްތެރިވުމަކީ ލޯބި އިތުރުވެ، ހިލޭ މީހުންނަށް ބެލުމުން ލޯތައް ރައްކާތެރިކޮށްދީ ޢިއްފަތްތެރިކޮށްދޭނޭ ކަމެކެވެ. އެންމެ ރީތި ހެދުން ލާންވީ ހަފުލާތަކަށް ދާކަށެއް ނޫނެވެ. އެންމެ މީރުވަސްދުވާ ސެންޓާއި އަތަރު ބޭނުންކުރާންވީ ގެއިން ބޭރަށް ނުކުންނާކަށެއް ނޫނެވެ. އެ ކަން ކުރާންވީ ތިބާގެ އަމިއްލަ ގޭގައެވެ. ޙަލާލު ބައިވެރިޔާގެ ކުރިމަތީގައެވެ.
މަސްދަރު (24 އޭޕްރީލް 2026ގެ ހުކުރު ޚުތުބާ)

ކިޔުންތެރިންގެ ހިޔާލު