ފާއިތުވި ދުވަސްތަކުގައި ހިނގާދިޔަ ނުރައްކާތެރި ހަމަލާތަކުގެ ތެރޭގައި، އީރާނުގެ ވެރިރަށް ތެހެރާނުގެ ހޮސްޕިޓަލަކަށް އަމާޒުވި ހަމަލާއަކާއެކު މުޅި ސަރަހައްދު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔައެވެ.
މި ނުރައްކާތެރި ދަނޑިވަޅުގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި، އެ ތަނުގައި މަސައްކަތްކުރި ނަރުހަކު ދެއްކި ހިތްވަރަކީ މުޅި ދުނިޔެ ހައިރާންކޮށްލި ކަމެކެވެ.
އިމާރާތް ބިމާހަމަވެދާނެ ކަމުގެ ބިރު އޮތް ނަމަވެސް، އެ ނަރުސް އިޚްތިޔާރު ކުރީ ފިލައިގެން ދިއުމުގެ ބަދަލުގައި، އެ ތަނުގައި ތިބި ތުއްތު ކުދިންތައް އޭނާގެ އަތްމައްޗަށް ނަގައިގެން ރައްކާތެރިކަމާއެކު ބޭރަށް ނެރުމަށެވެ.
މިއީ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ އިންސާނިއްޔަތުކަމުގެ މަތިވެރި ނަމޫނާއެކެވެ.
މީޑިއާއާ ވާހަކަ ދައްކަމުން އެ ނަރުސް ބުނެފައިވަނީ، އެ ވަގުތު އޭނާގެ ހިތުގައި އޮތީ ހަމައެކަނި އެ ތުއްތު ފުރާނަތައް ސަލާމަތް ކުރުމުގެ އަޒުމް ކަމަށެވެ.
"އަހަރެން ކަލާނގެއަށް ދުއާކުރީ މި ކުދިން ގޮވައިގެން ބޭރަށް ނިކުމެވޭތޯ. އޭގެ ފަހުން އަހަރެން އެ ތަނުން ނިކުތް ގޮތް އަމިއްލައަށްވެސް ކިޔައިދޭން ނޭނގޭ،" އޭނާ ކިޔައިދިނެވެ.
މި ބިރުވެރި ހާދިސާއިން ސަލާމަތްވި ތުއްތު ކުދިންގެ މައިންބަފައިން ބުނެފައިވަނީ އެމީހުން ތިބީ އުއްމީދު ކަނޑާލައިގެން ކަމަށާއި، ދަރިން މަރުވީ ކަމަށް ނިންމައިގެން ތިއްބާ ފެނިގެންދިޔައީ ގަބޫލުކުރަން ދަތި މުުޢުޖިޒާތެއް ފަދަ މަންޒަރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު