ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާ ގުޅޭ އުސޫލުތައް ކަނޑައަޅައި ބަލަހައްޓާ ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ފައިޒަލް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ ހުށަހެޅުއްވި ސިޓީގައި އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކުރައްވާފައި ނުވާ ކަމަށް މިކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވަނީ ވިދާޅުވެފައެވެ.
ޕޭ ކޮމިޝަން ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތުތައް އުފުއްލަވަމުން ގެންދެވި ފައިޒަލް އިސްތިއުފާ ދެއްވާފައި މިވަނީ، ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އޮނިގަނޑަށް ދާދި ފަހުން ގެނައި ބަދަލުތަކާ ގުޅިގެން އާންމުންނާއި ސިވިލް ސާވިސް މުވައްޒަފުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެ ކޮމިޝަނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން ޕޭ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން، އާ ޕޭ ފްރޭމްވޯކަށް މިހާތަނަށް ހިޖުރަކޮށްފައިވާ މުއައްސަސާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ކޮމިޝަނުން އިތުރަށް ބުނި ގޮތުގައި، މުސާރައިގެ އޮނިގަނޑާ ގުޅިގެން ކޮމިޝަނަށް ލިބިފައިވާ އެކި މައްސަލަތައް ބަލައި، އެކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކޮށްގެން އެދެވޭ ހައްލެއް ހޯދުމަށް މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ޑރ. ފައިޒަލް އިސްތިއުފާ ދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި މުސާރައިގެ ފަރަގުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު