މިއަދުގެ ސަރުކާރު ގެންނަން ބުރަކޮށް މަސައްކަތް ކުރި ރައްޔިތުން މިއަދު ބޮޑުތަނުން "ނޫނެކޭ" ބުނަމުންދާ ކަމަށާއި، ރަށުގެ ތަރައްޤީއާ އެންމެހާ ރައްޔިތުންގެ ލާބަޔަށް ފައިދާ ހުރި ގޮތަކީ އެމްޑީޕީއާއެކު ކުރިއަށް ދިއުންކަމަށް މިއަދު އެރައްޔިތުން ޤަބޫލުކުރަމުންދާ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް ޝާހިދު މިހެން ވިދާޅުވީ މަޑަވެލީގެ ސިޔާސީ އިސް ބޭފުޅުންތަކަކާ ބައްދަލުކުރެއްވުމަށްފަހު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ޝާހިދުގެ މެސެޖުގައި ވިދާޅުވީ ގދ. މަޑަވެލީގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ވަރުގަދަ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރުގެ ސަރުކާރު ގެނައުމަށް އަތުކުރި އޮޅާލައިގެން މަސައްކަތްކުރި އެތައް ބަޔަކު މިއަދު ގަބޫލުކުރަނީ، ރަށުގެ ތަރައްޤީއާ ލާބަޔަށް އޮތް އެންމެ ފައިދާހުރި މަގަކީ އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިއުން ކަމަށެވެ.
މަޑަވެލީގެ ކުރިއެރުމަށްޓަކައި އެ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް ހޫނު މަރުހަބާ ދަންނަވަމުން ޝާހިދު ވިދާޅުވީ އިރާދަކުރެއްވިއްޔާ މަޑަވެލީގައި އެމްޑީޕީގެ "ރަންރީނދޫ" ކުލަ ދުވަހުން ދުވަހަށް ގަދަވަމުންދާނެ ކަމަށެވެ.
ޝާހިދުގެ މެސެޖުގައި މަޑަވެލީގެ ސިޔާސީ ފަރާތްތަކާއިއެކު ބޭއްވުނު ބައްދަލުވުމަށް އިޝާރާތް ކުރައްވައި ޝާހިދުވަނީ މި ބައްދަލުވުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ރަށުގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޝާހިދު މިފަދައިން ވިދާލުވިއިރު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެންނަށް މަސައްކަތް ކުރެއްވި މަޑަވެލީގެ 200 އެއްހާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން އެމްޑީޕީއާ ގުޅުނު ޚަބަރުތައް ބައެއް ނޫސްތަކުން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު