ކުޑަ އަންހެން ކުއްޖެއްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި
ކުޑަ އަންހެން ކުއްޖެއްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި
ފަލަސްތީނުގެ ސަރަހައްދުތަކުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތެރެއިން، ބޯފެން ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ކުޑަ އަންހެން ކުއްޖެއްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި މަރާލައިފިއެވެ.

މަންޒަރު ދުށް މީހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ކުއްޖާ އޭނާގެ ބޭަބެއާއެކު ފެން ބަލާ ގޮސް އުޅެނިކޮށެވެ. އެއްވެސް އިންޒާރެއް ދިނުމެއް ނެތި އިސްރާއީލު ސިފައިން ދިން މި ހަމަލާ އަމާޒުވީ އެ ކުއްޖާގެ ބޭބެގެ ކުރިމަތީގައެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާއިރު، މިއީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމުގައި ކުރިމަތިވަމުންދާ ނުރައްކާތެރި ހާލަތު ހާމަކޮށްދޭ ކަމެކެވެ.

އިސްރާއީލުން ފަލަސްތީނުގެ ފެން ފޯރުކޮށްދޭ ނިޒާމުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ގިނަ ބަޔަކު މަޖުބޫރުވަނީ ނުރައްކާތެރި ސަރަހައްދުތަކަށް ގޮސް ފެން ހޯދުމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މި ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު