ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގުޅިގެން ޤާނޫނުއަސާސީއަށް ގެންނަން ހުށަހެޅުއްވި އިސްލާހުތަކަކީ ޕާޓީގެ އާންމު މެންބަރުންގެ މަޝްވަރާ ނެތި "މަތިން ތިރިއަށް" އައިސްފައިވާ ކަންތައްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް "ތިރިން މައްޗަށް" ސިޔާސަތުތައް ބައްޓަންކުރާ ޕާޓީއެއް ކަމަށެވެ. އަދި "ބޮޑުބަދަލު"ގެ ނަމުގައި ރައީސް ނަޝީދާއި ފައްޔާޒު އިސްމާއީލް ހުށަހެޅުއްވި ފަދަ ބޮޑެތި ބަދަލުތަކެއް ނިންމަންވާނީ ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެންބަރުންގެ ލަފައާއި މަޝްވަރާގެ މަތިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަޝީދާއި ފައްޔާޒު ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ ވެރިކަމުގެ ވައްޓަފާޅިއާއި، ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑުގެ އިތުރުން އިޤްތިޞާދީ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމާއި، މިނިވަން މުއައްސަސާތައް ބެލެހެއްޓުމަށް އޯވަސައިޓް ކޮމިޝަނެއް އުފެއްދުމުގެ އިތުރުން، ރައްޔިތުންގެ ވޯޓަކުން ފަނޑިޔާރުން ވަކިކުރެވޭނެ ނިޒާމެއް ހިމެނެއެވެ.
މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފައްޔާޒު އިސްމާއީލް އެންޑޯސްކުރައްވާފައެވެ. މިކަމާ ގުޅިގެން ނަޝީދަށް މަރުހަބާ ދަންނަވަމުން މީކާއިލް ވިދާޅުވީ، ޗެއާޕާސަނަކަށް ހުންނަވާ ބޭފުޅަކީ ވަކި އަތަކަށް ނުޖެހި "ނިއުޓްރަލް" ކޮށް ހުންނަވަންޖެހޭ ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ.
"ވަކި މީހަކަށް ތާއީދުކުރައްވައި، ވަކި މީހަކު އެންޑޯސްކޮށްގެން ޕާޓީއެއް ނުހިންގޭނެ،" ނަޝީދުގެ ނިންމެވުމަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޗެއާޕާސަނަކު މަސައްކަތް ކުރަންވާނީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް ކަމަށެވެ.
މީގެ އިތުރުން މީކާއިލް ވިދާޅުވީ ޗެއާޕާސަން އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، އޭނާ ޕާޓީގެ މެންބަރުންގެ ނިންމުމަށް އިހުތިރާމްކޮށް ޕާޓީގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ނަޝީދާއި ފައްޔާޒު ވެސް އެފަދައިން އަމަލުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު