މާލެ ސިޓީގެ މަގުތަކާއި އުމްރާނީ ވަސީލަތްތައް ސަރުކާރުގެ ސީދާ ހަރަދުގައި ތަކުރާރުކޮށް މަރާމާތު ކުރަމުންދާއިރު، އަތޮޅުތެރޭގެ ރަށްރަށުގެ ތަރައްގީއަށް އެކަށީގެންވާ ސަމާލުކަމެއް ނުލިބޭތީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުލްރަހްމާނު (އައްދު) ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މެންބަރު އައްދު މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސިޓީގެ މަގުތަކާއި، ފެނާއި ނަރުދަމާގެ ނިޒާމު ސަރުކާރުން "މަތިމައްޗަށް" ހަދަމުންދާ ކަމަށެވެ. އަދި މާލޭގެ އެރައިވަލް ޖެޓީތަކާއި، ޕާކުތަކާއި، މައިޒާންތަކުގެ އިތުރުން އާޓިފިޝަލް ބީޗު ފަދަ ތަންތަން ވެސް ސަރުކާރުގެ ބޮޑު ހަރަދުގައި ތަކުރާރުކޮށް ހަދަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ ހާލަތަށް އަލިއަޅުވާލައްވަމުން އައްދު ވިދާޅުވީ، އަތޮޅުތެރޭގެ ކައުންސިލްތަކަށް ޖެހިފައިވަނީ ވަރަށް ދަތި ހާލުގައި ކަންކަން ކުރަން ކަމަށެވެ. "އަޅުގަނޑުމެން ހަދަން ޖެހެނީ ކައުންސިލުން ނެރުޅު ކޮޅަކާއި ބާ ބައިސިކަލެއްގެ ފުރޮޅު ހޯދައިގެން، ބްލޮކް ގްރާންޓުން ބާކީވާ އެއްޗަކުން؟" އޭނާ ސުވާލު އުފެއްދިއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީއާއި ރާއްޖޭގެ އެހެން ރަށްރަށުގެ ކައުންސިލްތަކުން ކުރަންޖެހޭ ކަންކަން އަމިއްލައަށް ކުރަން ދޫކޮށްލާފައި އޮންނަ އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ.
އައްދު ވިދާޅުވީ އަތޮޅުތެރޭގެ ރައްޔިތުންނަކީ ވެސް ދިވެހި ރައްޔިތުން ކަމަށާއި، އެ ރައްޔިތުން އެދެނީ ކޮންމެ ރަށެއްގައި ވެސް ސަރުކާރުގެ ސީދާ ހަރަދުގައި މިފަދަ އަސާސީ އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދިއުމަށް ކަމަށެވެ.

މާލޭ ސިޓީ މަގާއި، ފެނާއި ނަރުދަމާ ސަރުކާރުން މަތިމައްޗަށްވެސް ހެދޭ، އެރައިވަލް ޖެޓީ ހެދޭ، ޕާކު މަތި މަތިން ހެދޭ، ފަންނުތަކާއި މައިޒާން އަދި ބީޗުވެސް ހެދޭ. އަޅުގަނޑުމެން ހަދަން ޖެހެނީ ކައުންސިލުން ނެރުޅު ކޮޅަކާއި ބާ ބައިސިކަލެއްގެ ފުރޮޅު ހޯދައިގެން، ބްލޮކް ގްރާންޓުން ބާކީވާ… https://t.co/oeDXL1HWkn
— Abdul Rahman (@MpAhdhu) April 20, 2026
މީގެ އިތުރުން، އައްޑޫ ސިޓީއާއި ރާއްޖޭގެ އެހެން ރަށްރަށުގެ ކައުންސިލްތަކުން ކުރަންޖެހޭ ކަންކަން އަމިއްލައަށް ކުރަން ދޫކޮށްލާފައި އޮންނަ އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ.
އައްދު ވިދާޅުވީ އަތޮޅުތެރޭގެ ރައްޔިތުންނަކީ ވެސް ދިވެހި ރައްޔިތުން ކަމަށާއި، އެ ރައްޔިތުން އެދެނީ ކޮންމެ ރަށެއްގައި ވެސް ސަރުކާރުގެ ސީދާ ހަރަދުގައި މިފަދަ އަސާސީ އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދިއުމަށް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު