2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފޯރިގަދަ ކެމްޕޭން ތެރޭގައި، އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ކަމަކީ، ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުން އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ވަޒީފާ ދެމުންދާ ކަމަށް ބުނާ މައްސަލައެވެ. އިންތިޚާބާ ދިމާކޮށް "ކުޑަކުދިންނަށް މެޓާ ބަހާހެން ވަޒީފާ ބަހާ" ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު އެކަމަށް ވަރަށް ބޮޑަށް ހަޖޫޖެއްސެވިއެވެ. ނަމަވެސް، ވެރިކަމަށް ދެ އަހަރާއި ބައިވިއިރު ފެންނަމުންދާ މަންޒަރުތަކުން ސުވާލު އުފެދެނީ، އޭރު އެމަނިކުފާނު ދެއްވި ޔަޤީންކަމާއި މިހާރުގެ ބަހާއި ޢަމަލާ ދިމާވޭތޯއެވެ؟
ކެމްޕޭން ތެރޭގައި ރައީސް މުޢިއްޒު ދެއްވި އުއްމީދީ ވައުދު
ކެމްޕޭންގެ ތެރޭގައި ރައީސް މުޢިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ.
"އަޅުގަނޑު ދޭ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ ރައްޔިތުން އިތުބާރުކޮށް އަޅުގަނޑުމެން އިންތިޚާބު ވާނެ، ޓްރާންޝިޝަން ޕީރިއަޑްގައި ކަނޑާލިޔަސް އަޅުގަނޑުމެން ވަޒީފާ އަނބުރާ ދޭނަމޭ،" އޭރުގެ ޕީއެންސީގެ ކެންޑިޑޭޓް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފެނަކަ، އާރްޑީސީ، ސްޓެލްކޯ ފަދަ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުގަތުން ދޫކޮށްލުމަށް ގޮވާލައްވައި، އެ ފަރާތްތަކުގެ ވަޒީފާ "ޔަގީން ކޮށްދޭނެ" ކަމަށް ރައީސް މުޢިއްޒު ކެމްޕޭން ތެރޭގައި އޭރު ވައުދުވެވަޑައިގަތެވެ. އިޤްތިޞާދު ރަނގަޅުވާ މިންވަރަކުން މުސާރަވެސް ބޮޑުކޮށްދޭނެ ކަމުގެ އެމަނިކުފާނު އުއްމީދު ދެއްވިއެވެ.
ވެރިކަމަށްފަހު ފެނުނު އަމަލީ ސޫރަ
ނަމަވެސް، ވެރިކަމަށް ވަޑައިގަތުމަށްފަހު ކަންތައްތައް ހިނގަމުންދަނީ މުޅިން ތަފާތު ގޮތަކަށެވެ. ފުރަތަމަ ކަމަކަށް، ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު ހާމަނުކޮށް، ރައްޔިތުންނަށް އެ މަޢުލޫމާތު ވަނީ ސިއްރުކޮށްފައެވެ. ރައްޔިތުންގެ ފައިސާއިން މުސާރަދޭ ސިޔާސީންގެ އަދަދު ހާމަކުރަން ސަރުކާރުން ވަނީ ފަސްޖެހިފައެވެ.
މީގެއިތުރުން، ނިމިދިޔަ ކައުންސިލް އިންތިޚާބާއި ރެފަރެންޑަމް ވޯޓާ ދިމާކޮށް، ސަރުކާރު ކުންފުނިތަކުން ހެސްކިޔާފައި ވަޒީފާތަކަށް މީހުން ނެގި ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައެވެ. އެކަމަކު، އިންތިޚާބުން ސަރުކާރު ބޭނުންވި ނަތީޖާ ނުލިބުމާއެކު، ކުންފުނިތަކުގެ ވެރިން އިސްތިއުފާ ދޭން ފަށައި، މުޅި ކެބިނެޓަށް ބަދަލުތަކެއް ގެނެސް، އާންމު މުވައްޒަފުންނާ ދިމާލަށް ނުރުހުމުގެ ތީރުތައް އަމާޒުވާން ފެށިއެވެ.
ބޮޑު "ބުރަ" ރައްޔިތުންގެ ބޮލަށް
ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ޕީސީބީއަށް އަންގާފައެވެ. މިއީ އެތައް ހާސް އާއިލާއެއްގެ ދިރިއުޅުމާ ގުޅިފައިވާ ނިންމުމެކެވެ.
މިކަމާ ގުޅިގެން ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވީ، މިއީ މަދުވެގެން 13،000 އާއިލާގެ ދިރިއުޅުން ބަރުބާދުވެގެންދާނެ ކަމެއް ކަމަށެވެ. ދިވެހި ތާރީޚުގައިވެސް އެއްފަހަރާ މިހާ ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށް މަގުމަތިކުރަން ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ ކަންބޮޑުވުން: މިއީ އިންސާފެއްތަ؟
ވަޒީފާގެ ޔަޤީންކަން ދީ، އާމްދަނީ އިތުރުކޮށްދޭނެ ކަމަށް ބުނެ ރައްޔިތުންގެ ވޯޓު ހޯދައިގެން ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު މިއަދު އެތައް ބަޔަކު ވަޒީފާއިން ވަކިކުރަން ނިންމުމަކީ އާންމުންގެ މެދުގައި ބޮޑު މާޔޫސްކަމެއް އުފެދިފައިވާ ކަމެކެވެ. ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވި ގޮތުގައި، "ނަތީޖާ ނުނެރެވޭ" ބޭފުޅުން ވަކިކުރާނެއެވެ. ނަމަވެސް، ސިޔާސީ މަޤާމުތަކުގެ ޢަދަދު މަދުކުރުމުގެ ބަދަލުގައި، އާދައިގެ މުވައްޒަފުންގެ ވަޒީފާ ގެއްލުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.
ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރަން ޖެހޭނީ އާންމު ރައްޔިތުމީހާގެ ދިރިއުޅުމަށް ދަތިވާ ގޮތަށް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ވަޒީފާގެ ޔަޤީންކަން ދެއްވި ރައީސްގެ ވައުދުފުޅު މިއަދު އޮތީ ހަމައެކަނި ކަރުދާހުގައި ހުރި ބަސްތަކަކަށް ވެފައެވެ. އިންތިޚާބުގެ ކުރިން "ވަޒީފާ ޔަޤީން" ކަމަށް ބުނެ، އިންތިޚާބަށްފަހު "ވަޒީފާ ގެއްލުން" މިއީ އިންސާފުވެރި ގޮތެއްތޯ މިއަދު ކޮންމެ ދިވެހި ރައްޔިތަކު ސުވާލު އުފައްދައެވެ.
ނިމިދިޔަ ލޯކަލް އިންތިޚާބަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް އަލުން އަރުއްވައިދެއްވީ، އެމަނިކުފާނުގެ ވެރިކަމުގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަމެވެ. އއ. ރަސްދޫގައި ރައީސް ރޭ ވިދާޅުވި ގޮތުގައި، ކާމިޔާބީގައި ވީނަމަވެސް އަދި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކަމުގައި ވީނަމަވެސް، އެމަނިކުފާނުގެ ސިޔާސަތުތަކުގެ އެންމެ މުހިންމު އަސާސަކީ އިންސާފު ގާއިމުކުރުމެވެ. ނަމަވެސް، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ، ރައީސް މުޢިއްޒޔ މި ވިދާޅުވާ އަދުލުވެރިކަމުގެ އުސޫލުތަކާ މުޅިން ފުށުއަރާ، އެ އުސޫލުތަކާ ދިމާ އިދިކޮޅު އަމަލެކެވެ.

ކިޔުންތެރިންގެ ހިޔާލު