އަޅުގަނޑުމެންގެ ދިރިއުޅުމުގައި ހުންނަ ބައެއް އާދަތަކާ ދުރުހެލުމަކީ ހިތުގެ ދުޅަހެޔޮކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ގިނަ ފަހަރަށް ހިތަށް ލިބޭ ގެއްލުންތަކަކީ އެއްދުވަހުން އަނެއްދުވަހަށް ސިއްރުސިއްރުން އިތުރުވަމުންދާ ކަންކަމެވެ. ހިތުގެ ލޭހޮޅިތަކުގައި ސަރުބީ ޖަމާވުމާއި، ލޭގެ ޕްރެޝަރު މަތިވުން ފަދަ ކަންކަމަކީ އެއްވެސް އަލާމާތެއް ނުފެނި އަހަރުތަކަކަށް ދެމިގެންގޮސް، ކުއްލިއަކަށް ސީރިއަސް މައްސަލައެއް ކުރިމަތިވާ ކަންކަމެވެ. އެހެންކަމުން، ހިތުގެ ބަލިތަކުގެ ޑޮކްޓަރުން ލަފާދެއްވަނީ މިހާރުން މިހާރަށް ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައުމަށެވެ. މީގެ ތެރޭގައި ސިއްހަތަށް ފައިދާހުރި ކަންކަން ކުރުމުގެ އިތުރުން، ހިތަށް ގެއްލުންދޭ އާދަތަކާ ދުރުހެލުން ހިމެނެއެވެ.
ހިތަށް ގެއްލުންދޭ އެންމެ ބޮޑު ދެ އާދައަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި ބަނގުރާ ބުއިމެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ލޭހޮޅިތަކަށް ބޮޑެތި ގެއްލުންތައް ލިބި، ލޭގަނޑުވުމުގެ ފުރުސަތު ބޮޑުވާއިރު، ބަނގުރަލުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެއެވެ. ނަމަވެސް، މީގެ އިތުރުންވެސް ދިގުމުއްދަތަކަށް ހިތުގެ ސިއްހަތަށް ނުރައްކާކުރާ އެތައް ކަމެއް އަޅުގަނޑުމެންގެ ދިރިއުޅުމުގައި ހުރެއެވެ. ތިރީގައި މިވަނީ ހިތުގެ ބަލިތަކުގެ ޑޮކްޓަރުން އެބޭފުޅުންގެ އަމިއްލަ ދިރިއުޅުމުގައި ދުރުހެލިވާ ބައެއް އާދަތަކެވެ.
1. ރަތް މަހާއި، ތެލުލި ތަކެއްޗާއި، ބަންދުކުރި ކާނާއާ ދުރުހެލިވުން:
ގިނަ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި އެންމެ ފުރަތަމަ ސަމާލުކަން ދޭންވީ ކެއުމަށެވެ. މީގެ ތެރޭގައި ރަތް މަހާއި (Red meat)، ތެލުލި ކާނާގެ އިތުރުން، ފެކްޓްރީތަކުގައި ތައްޔާރުކޮށްފައި ހުންނަ ކާނާ (Processed foods) އާއި ދުރުހެލިވާންޖެއެވެ. މީގެ ބަދަލުގައި މަހާއި ތަރުކާރީ ހިމެނޭ "މެޑިޓަރޭނިއަން ޑައިޓް" ފަދަ ކެއުންތަކަށް ސަމާލުކަން ދިނުމަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ. ރަތް މަހާއި ބަންދުކުރި ކާނާގައި ހުންނަ ސަރުބީގެ ސަބަބުން ލޭގައި ކޮލެސްޓްރޯލް މަތިވެ، ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ. އަދި ބިސްކޯދާއި ޗިޕްސް ފަދަ ތަކެތީގައި ހުންނަ ގިނަ އަދަދެއްގެ ހަކުރާއި ލޮނަކީ ލޭގެ ޕްރެޝަރު މަތިކޮށްދޭ އެއްޗެހީގެ އިތުރުން ހަށިގަނޑަށް އެއްވެސް ފައިދާއެއް ނެތް ތަކެއްޗެވެ.
2. ކުއްލިއަކަށް ހަރުކަށި ޑައިޓެއް ނުވަތަ ކަސްރަތެއް ފެށުމާ ދުރުހެލިވުން:
ހިތުގެ ދުޅަހެޔޮކަމަކީ ކުރު މުއްދަތެއްގެ ރޭހެއް ނޫނެވެ. އެއީ މުޅި އުމުރަށް ދެމިގެންދާ "މެރެތަން" އެކެވެ. އެހެންކަމުން، ދިގުމުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެ ހަރުކަށި ކަންކަން ކުރުމަކީ ބައެއް ފަހަރު އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކުރާނެ ކަމެކެވެ. މިސާލަކަށް ކުއްލިއަކަށް ޕްރޮޓީން ބޭނުންކުރާ މިންވަރު މަތިކުރުމުން ލޭހޮޅިތަކުގައި ސަރުބީ ޖަމާވުމަށް މަގުފަހިވެދާނެއެވެ. އަދި ކާބޯހައިޑްރޭޓްސް އެއްކޮށް ހުއްޓާލުމުން ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް މަދުވެ، ހަށިގަނޑު ދުޅަވުމަށް (Inflammation) މެދުވެރިވެދާނެއެވެ. އެހެންކަމުން މުހިންމީ މަޑުމަޑުން، ދާއިމީކޮށް ކުރެވޭނެ އާދަތަކެއް އަށަގެންނެވުމެވެ.
3. "ފުރިހަމަ" ކަސްރަތެއް ކުރަން މަޑުނުކުރުން:
ގިނަ މީހުންނަށް ހީވަނީ ކަސްރަތަކީ ހަމައެކަނި ޖިމަށް ގޮސް އެތައް ވަގުތެއް ހޭދަކޮށްގެން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ޑޮކްޓަރުން ވިދާޅުވަނީ ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރަކަށް ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުން މުހިންމު ކަމަށެވެ. ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުން، 20 މިނެޓުގެ ހިނގާލުން ނުވަތަ ގޭތެރޭގެ މަސައްކަތުގައި އުޅުމަކީވެސް ހިތަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު އެންމެ 15 މިނެޓުގެ ކަސްރަތަކީވެސް އުމުރު ދިގުކޮށްދީ ހިތުގެ ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެދޭ ކަމެކެވެ.
4. ނިދުމުގެ ތަރުތީބު ބަދަލުނުކުރުން:
ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކަށް ނިދުމާއި އެއް ގަޑިއަކަށް ހޭލުމަކީ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ. ނިދުމުގެ ތަރުތީބު ބަދަލުވުމަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ހުރަސްއެޅި، ހަށިގަނޑު ދުޅަވުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، މާ ލަސްވަންދެން މަސައްކަތް ކުރުމާއި ނުވަތަ ފޯނު ބޭނުންކުރުން ފަދަ ކަންކަމާ ދުރުހެލިވެ، ގަޑިއަށް ނިދުމަށް ސަމާލުކަން ދޭންޖެހެއެވެ.
5. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި ބޭނުންނުކުރުން:
މިއީ ކުޑަ ކަމެއްހެން ހީވި ނަމަވެސް، މީގެ ސަބަބުން ހަށިގަނޑަށް "މައިކްރޯޕްލާސްޓިކް" (Microplastics) ވަނުން ހުއްޓުވައިދެއެވެ. ދާދި ފަހުން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، ލޭހޮޅިތަކުގައި މައިކްރޯޕްލާސްޓިކް ހުންނަ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ނުވަތަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ހަތަރު ގުނަ އިތުރެވެ.
މި ހުރިހާ ކަމެއް އެއްކޮށް ހުއްޓާލުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް، މި މުހިންމު އުސޫލުތަކަށް ސަމާލުކަން ދީގެން ދިރިއުޅުމުގެ އާދަތަކަށް ގެންނަ ކުދިކުދި ބަދަލުތަކަކީ މުސްތަގުބަލުގައި ހިތުގެ ބަލިތަކުން ސަލާމަތްވުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ.

ކިޔުންތެރިންގެ ހިޔާލު