ރޭ މާލޭގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް މައިމޫން މުހައްމަދު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ވަރަށް ބޮޑަށް އަނިޔާކުރުމަށްފަހުގައެވެ.
މައިމޫން މިހާރު ބަންދުކޮށްފައި ހުރީ މާލޭ ކަސްޓޯޑިއަލްގައެވެ.
މި ހާދިސާ ހިނގި ވަގުތު ފުލުހުންގެ ފަރާތުން މައިމޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން އޭނާ ހައްޔަރުކުރި އިރު ލައިގެން ހުރި ގަމީސް ވީދާލައި، ބޯވެސް ފަޅާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުންނާއި މަންޒަރު ދުށް ފަރާތްތަކުން ވަނީ ފުލުހުން ބާރުގެ ބޭނުންކުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރޭ ކުރިއަށްދިޔަ މި މުޒާހަރާއަކީ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގި ރެއެކެވެ.
މައިމޫންގެ އިތުރުން މުޒާހަރާގެ ބައިވެރިވި އެހެން ބައެއް ފަރާތްތަކަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަން ވަނީ އެނގިފައެވެ.
މި ހާދިސާއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށާއި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު