ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓްރީ ޖެނެރަލްގެ މަގާމުން މުއާޒް ހަލީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މިހާރު ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މުއާޒް ހަލީމް، ޕާޓީގެ އިސް މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިސްތިއުފާ ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓުގައި މުއާޒް ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލްކުރެވޭނެ ޕާޓީއަކަށް އެ ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާ ކަމަށެވެ.
އަދި ޕާޓީގެ ސެކްރެޓްރީ ޖެނެރަލްގެ މަގާމުގައި އޭނާއަށް ވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، މިއަދުން ފެށިގެން އެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުއާޒް މި މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. މި އިންތިހާބުތަކަށްފަހު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި، ކެބިނެޓުގެ ބައެއް ވަޒީރުންވެސް ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު