އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް މާލޭގެ މަގުތަކުގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތައް
އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް މާލޭގެ މަގުތަކުގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތައް
އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް މާލޭގެ މަގުތަކުގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތައް ވަރުގަދަވެ، މުޒާހަރާ ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް ނެރެން ފަށައިފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ދުސްތޫރީ ރިފަރެންޑަމްގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި ފަށާފައިވާ މި ހަރަކާތްތައް ދަނީ ރެޔަކަށް ވުރެ ރެޔެއް ހޫނުވަމުންނެވެ.





މިދިޔަ ރޭތަކުގައި މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔަ އެއްވުންތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފުލުހުން ވަނީ ބައެއް ސަރަހައްދުތަކުގައި ބެރިކޭޑް ޖަހައި މަގުތައް ބަންދުކޮށްފައެވެ.

ނަމަވެސް، މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މަޖީދީމަގަށް ވަނުމަށް މަސައްކަތް ކުރުމާ ގުޅިގެން މަސްރަހު ވަނީ ނުތަނަވަސްވެފައެވެ.



މި މުޒާހަރާތައް މެދުނުކެނޑި ކުރިއަށްދާތީ، ފުލުހުންގެ މެދުގައި ވަރުބަލިކަން އިހުސާސް ކުރެވެމުންދާކަން މައިދާނުގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިން ވަނީ ފާހަގަކޮށްފައެވެ. "ރަސް އޮންލައިން" ގެ ނޫސްވެރިޔަކު ރިޕޯޓްކޮށްފައިވާ ގޮތުގައި، ގިނަ ވަގުތުތަކެއް ވަންދެން މަގުތަކުގައި ފޯރިމަރަމުންދާ ފުލުހުންގެ މޫނުމަތިންނާއި ހަރަކާތްތަކުން ވަރުބަލިކަން ފެންނަން ހުރި ނަމަވެސް، ސަރުކާރުން ދަނީ އިތުރު ފޯސްތައް ނެރެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުންނެވެ.





އެމްޑީޕީން ބުނަމުންދަނީ ސަރުކާރުން ރައްޔިތުންގެ އަޑުއަހައި އިސްލާހީ ފިޔަވަޅުތައް އަޅަންދެން މަގުމަތީގެ ހަރަކާތްތައް ހުއްޓާނުލާނެ ކަމަށެވެ.

މި ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް މި މުޒާހަރާތައް ކުރިއަށްގެންދާތާ މިއީ ފަސްވަނަ ރެއެވެ. މި ތިން ރޭވެސް އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުން މިސަރުކާރާ ދެކޮޅަށް އަޑު އުފުލަން މަގުމައްޗަށް ނިކުމެ، ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒުކުރަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން މިސަރުކާރަށް 12 ޑިމާންޑެއް ހުށައަޅާފައިވާއިރު، ރައީސް ޑރ. މުއިއްޒު އިސްތިއުފާ ދެއްވުމަށްވެސް ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ އިތުރުން ޕީއެންއެފްގެ މެންބަރުން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި، ސިލްސިލާ މުޒާހަރާތަކެއް މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު