ތެލުގެ އަގު ވެއްޓުން
ތެލުގެ އަގު ވެއްޓުން
ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ މުއްދަތުގެ ނިޔަލަށް ހޮރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ފުރިހަމައަށް ހުޅުވާލުމަށް އީރާނުން ނިންމުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

އީރާނުގެ މި ނިންމުމަކީ މެދުއިރުމަތީގެ މަޝްރަހު ފިނިވެ، ތެލުގެ ސަޕްލައިއަށް ކުރިމަތިވެފައިވާ ބިރުވެރިކަން ކުޑަވެގެންދާނެ ކަމެއް ކަމަށް މާހިރުން ދެކެއެވެ.

މިދިޔަ ދުވަސްތަކުގައި އެ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ތެލުގެ އަގު އުފުލިފައިވީ ނަމަވެސް، ކަނޑުއޮޅި އަލުން ހުޅުވާލުމަކީ ދުނިޔޭގެ އިގްތިސާދަށް ލިބުނު ބޮޑު ލުޔެކެވެ.

އީރާނުން ބުނެފައިވާ ގޮތުގައި މި ނިންމުމުގެ ދަށުން ހުރިހާ ވިޔަފާރި އުޅަނދަކަށްވެސް އެއްވެސް ހުރަހެއް ނެތި އެ ސަރަހައްދުން ދަތުރުކުރެވޭނެއެވެ. މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

މީގެ އިތުރުން ޓްރަމްޕް ދާދި ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ، އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމާ ގުޅިގެން އީރާނަށް ޝުކުރު އަދާކުރާ ކަމަށެވެ. އީރާނުން ހޮރްމޫޒް ބަންދު ކުރުމުން މީގެ ކުރިން ބާޒާރުގައި ތެލުގެ އަގު ވަރަށް މައްޗަށް އަރައިގެން ދިޔަ އެވެ.



ކިޔުންތެރިންގެ ހިޔާލު