މި ސަރުކާރުން ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް، ބާރު ދުވެލީގައި ތަރައްގީ ގެންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
ހއ. މުރައިދޫ ކައުންސިލްގެ ބައި-އިލެކްޝަނުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސުޖާއު ވިދާޅުވީ، ކޮންމެ އިންތިޚާބަކީވެސް ރައްޔިތުންގެ ޝުޢޫރުތަކާއި ބޭނުންތައް ހާމަކޮށްދޭ މުހިންމު ވަސީލަތެއް ކަމަށެވެ. އަދި މި ފަހަރުގެ ނަތީޖާއިންވެސް ރައްޔިތުން ގިނަ ވާހަކަތަކެއް ބުނެދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއު ވިދާޅުވީ، ކުރީގެ ސަރުކާރުތަކާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން އިސްކަންދޭނީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް، މަދުވާ ކަންކަން ފުރިހަމަކޮށްގެން ބާރު ދުވެލީގައި ތަރައްގީ ގެނައުމަށް ކަމަށެވެ. އަދި މިފަހުން ބޭއްވުނު ކައުންސިލް އިންތިޚާބުން ސަރުކާރަށާއި ޕީއެންސީއަށް މުހިންމު ފިލާވަޅުތަކެއް ލިބިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ސުޖާއު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގައުމު ދޫކޮށްލީ އިގްތިސާދީ ގޮތުން ބަނގުރޫޓުވާ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، އެކަން ރައްޔިތުންނަށް މިއަދު ސާފުކޮށް އެނގޭ ކަމަށެވެ. އަދި ރައީސް މުޢިއްޒަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރައްވާ ލީޑަރެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ޝުޖާއު ވިދާޅުވީ، ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަން ރައީސް ގަބޫލުފުޅުކުރަށްވާ ކަމަށާއި، އެކަންކަން އިޞްލާޙު ކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށެވެ. އަދި ގައުމު ކުރިއަށް ގެންދިއުމަށް ރައީސް ބޭނުންފުޅުވާ ގާނޫނީ ބަދަލުތައް ގެނައުމަށް، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމްގެ އިރުޝާދުގެ ދަށުން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ރެޔާއި ދުވާލު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަންވެސް ޝުޖާއު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު