ގޭގައި ކުރެވިދާނެ ފަރުވާތަކާއި ބޭސްފިހާރަތަކުން އާންމުކޮށް ލިބޭ ބޭސް ބޭނުންކޮށްގެން ނޭފަތުން ފެންއައުން ހުއްޓުވާށެވެ.
މުޅި ފިނި މޫސުމުގައި ނޭފަތުން ފެންއަންނަހެން ހީވާނަމަ، ތިބާ އަކީ އެކަނި މިކަން ތަހައްމަލު ކުރާ މީހެއް ނޫނެވެ. ނޭފަތް ބެދުމާއި ފެންއައުމަކީ ޑޮކްޓަރުންނަށް އެންމެ އާންމުކޮށް ފެންނަ އެއް އަލާމާތެވެ. ޚާއްޞަކޮށް އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ގިނަ ދުވަސްވަރު މިކަން ބޮޑުވެއެވެ. އެހެންކަމުން، ނޭފަތުން ފެންއައުން އަވަހަށް ހުއްޓުވާނެ ގޮތުގެ މަޢުލޫމާތަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު މަޢުލޫމާތަކަށް ވާނެއެވެ.
އެލާޖީއާއި، ކޮވިޑް-19 އާއި، އާދައިގެ އަރިދަފުސް ރޯގާ ނުވަތަ އިންފްލުއެންޒާ ފަދަ ބަލިތަކަކީ ފިނި މޫސުމުގައި އިތުރަށް ގޯސްވާ ބަލިތަކެވެ. އަދި ނޭފަތުން ފެންއައުމަކީ މީގެ ތެރެއިން ކޮންމެ ބައްޔަކާ ގުޅިގެން ވެސް ކުރިމަތިވާ ވަރަށް އުނދަގޫ ކަމެކެވެ. އެމެރިކާގެ ސީ.ޑީ.ސީ އިން ހާމަކުރާ ގޮތުގައި މި އުނދަގޫ 10 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތަކަށް ދެމިގެން ހިނގައިދާނެއެވެ.
ނޭފަތުން ފެންއަންނަ ސަބަބު ދެނެގަތުމަކީ އެކަމަށް ފަރުވާ ކުރުމުގައި އެންމެ މުހިންމު ކަންތަކެވެ. އަދި ގޭގައި ކުރެވިދާނެ ކުދިކުދި ކަންތައްތަކުން ވެސް މި އުނދަގޫތަކަށް ލުޔެއް ލިބިގެންދާނެއެވެ. ތިރީގައި މިވަނީ މިކަމުން އަވަހަށް މިންޖުވުމަށް ފަންނީ މާހިރުން ދެއްވާ އިރުޝާދުތަކެވެ.
ނޭފަތުން ފެންއަންނަން މެދުވެރިވާ އަސްލު ސަބަބަކީ ކޮބާ؟
މެޔޯ ކްލިނިކްގެ އީ.އެން.ޓީ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ކްއިންޓިން އެމް. ކެޕެލް ވިދާޅުވާ ގޮތުގައި، ނޭފަތުން ފެންއައުމަކީ ބޭރުގެ މާއްދާއަކަށް ހަށިގަނޑުން އިޖާބަދޭ ގޮތެވެ. އެލާޖީއެއް ނުވަތަ ވައިރަހެއް ފަދަ އެއްޗެއްގެ ސަބަބުން ނޭފަތުގެ އެތެރޭގެ ދުލިފަށްތައް ދުޅަވެ، އޭގެ ސަބަބުން އަރިދަފުސް އުފައްދާ ގްލޭންޑްތައް އިތުރަށް ހަރަކާތްތެރިވަނީއެވެ.
ވައިރަހެއްގެ ސަބަބުން މިކަން މެދުވެރިވާނަމަ، އިތުރަށް އުފެދޭ އަރިދަފުހަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. އެއީ ހަށިގަނޑަށް ވަދެފައިވާ ގެއްލުންދެނިވި މާއްދާތައް ބޭރުކޮށްލުމަށް އެހީތެރިވެދޭ އެއްޗެކެވެ. ނަމަވެސް އެލާޖީއެއްގެ ސަބަބުން ނޭފަތުން ފެންއަންނަނަމަ، އެއީ އާންމުކޮށް ގެއްލުމެއް ނެތް މާއްދާއަކަށް (މިސާލަކަށް ކުނިވެފައިވާ ފަތްތަކުން ބޭރުވާ މާއްދާއެއް) ހަށިގަނޑުން ނުބައިކޮށް އިޖާބަދިނުމުގެ ސަބަބުން ވާގޮތެކެވެ.
އަރިދަފުސް ރޯގާގެ އިތުރުން ކިނބިހިއެޅުމާއި، ލޯ ހިރުވައި ފެންއައުމާއި، ނުވަތަ ކަރުތެރެ ހިރުވާނަމަ އެއީ ސީޒަނަލް އެލާޖީއަކަށް ވުން ގާތެވެ. މީގެ އިތުރުން ސެންޓާއި، ސާފުކުރަން ބޭނުންކުރާ ސާމާނާއި، ނުވަތަ މާ ފިނިވުމަކީ ވެސް އެލާޖީއަކަށް ނުވި ނަމަވެސް ނޭފަތުން ފެންއައުމަށް މެދުވެރިވާ ސަބަބުތަކެވެ.
ނަމަވެސް، ނޭފަތުން ފެންއައުމާއެކު ހުން އައުން، ހީކެރުވުން، ބޮލުގައި ރިއްސުން، ގައިގައި ރިއްސުން ނުވަތަ ކަރުގައި ރިއްސާނަމަ އެއީ އާދައިގެ ރޯގާ ނުވަތަ އިންފްލުއެންޒާ ނުވަތަ ކޮވިޑް-19 ފަދަ ވައިރަލް އިންފެކްޝަނަކަށް ވުން ގާތެވެ. އެލާޖީއެއްނަމަ އަރިދަފުސް ހުންނާނީ ސާފުކޮށެވެ. ނަމަވެސް ވައިރަލް އިންފެކްޝަނެއްގައި ފުރަތަމަ ސާފުކޮށް ހުރި ނަމަވެސް ފަހުން އޮލަވެ، ރީނދޫ ކުލައަށް ބަދަލުވެއެވެ.
ނޭފަތުން ފެންއައުން އަވަހަށް ހުއްޓުވާނީ ކިހިނެއް؟
އަވަސް ލުޔެއް ހޯދުމަށްޓަކައި ޑރ. ރެން ލަފާދެއްވަނީ ފުރަތަމަ ނޭފަތް މަޑުމަޑުން ފޮޅާލައި ބޭރުވެފައިވާ އަރިދަފުސްތައް ސާފުކުރުމަށެވެ. އެއަށްފަހު، ނޭފަތުގެ ބޭރުގައި ހޫނު ފޮތިގަނޑަކުން ފޮރުމުން އަރިދަފުސްތައް ދޫވުމަށް އެހީތެރިވެދޭނެއެވެ. އަދި ބޭސްފިހާރަތަކުން ލިބެން ހުންނަ ނޭފަތަށް ޖަހާ ސްޕްރޭ ނުވަތަ ބޭސް ބޭނުންކުރެވިދާނެއެވެ.
ނޭފަތުން ފެންއައުމަށް ބޭނުންކުރަން އެންމެ ރަނގަޅު ބޭސްތައް:
• އެލާޖީއަށް: އެލާޖީއެއްގެ ސަބަބުން މިކަން ދިމާވާނަމަ އެންޓިހިސްޓަމިން (Antihistamines) ބޭނުންކުރެވިދާނެއެވެ. މީގެ ތެރޭގައި ގުޅިބޭހާއި ނޭފަތަށް ޖަހާ ސްޕްރޭ ހިމެނެއެވެ. ފްލޮނޭސް (Flonase) ނުވަތަ ނޭސަކޯޓް (Nasacort) ފަދަ ސްޓެރޮއިޑް ސްޕްރޭތަކަކީ ގިނަ ދުވަހަށް ދެމިގެންދާ އެލާޖީތަކަށް ރަނގަޅު އެއްޗެކެވެ. ނަމަވެސް މީގެ ނަތީޖާ ފެންނަން ކުޑަ ވަގުތުކޮޅެއް ނަގާނެއެވެ.
• ވައިރަލް އިންފެކްޝަނަށް: ނޭފަތް ބެދުން ހުއްޓުވުމަށް ޑިކޮންޖެސްޓަންޓް (Decongestants) ބޭނުންކުރެވިދާނެއެވެ. އެފްރިން (Afrin) ފަދަ ސްޕްރޭތަކުން އަވަސް ލުޔެއް ލިބުނު ނަމަވެސް، 3 ދުވަހަށްވުރެ ގިނަ ދުވަހު މި ބޭނުންކޮށްފިނަމަ ނޭފަތް ބެދުން އިތުރަށް ގޯސްވެދާނެއެވެ.
ބޭސް ނޫން އެހެނިހެން ފަރުވާތައް:
1. ސެލައިން ސްޕްރޭ ނުވަތަ ނޭސަލް އިރިގޭޝަން: ލޮނުފެން ބޭނުންކޮށްގެން ނޭފަތުގެ އެތެރެ ސާފުކުރުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. މީގެ ސަބަބުން ނޭފަތުގެ އެތެރެ ތެތްކޮށްދީ، ހިރުވާ މާއްދާތައް ބޭރުކޮށްދެއެވެ. ނެޓީ ޕޮޓް (Neti Pot) ބޭނުންކުރާނަމަ އަބަދުވެސް ކައްކާފައި ހުރި ފެން ނުވަތަ ސްޓެރައިލް ފެން ބޭނުންކުރުމަށް ސަމާލުކަން ދޭންވާނެއެވެ.
2. ތެތްކަން އިތުރުކުރުން (Humidity): ހިއުމިޑިފަޔަރެއް ބޭނުންކުރުން ނުވަތަ ހޫނު ފެނުން ފެންވަރާއިރު އުފެދޭ އާވި ނޭފަތަށް އެތެރެކުރުމަކީ އަރިދަފުސްތައް ދޫކޮށްލުމަށް އެހީތެރިވެދޭ ކަމެކެވެ.
3. ދިޔާ ތަކެތި ގިނައިން ބުއިން: ގިނައިން ފެނާއި ދިޔާ ތަކެތި ބުއިމުން އަރިދަފުސްތައް ތުނިވެ ބޭރުވުމަށް ފަސޭހަވާނެއެވެ. އަދި ނިދާއިރު ބޯދަށަށް އިތުރު ބާލީހެއް ލައިގެން ބޯ އުސްކޮށް ބެހެއްޓުމަކީ ނޭފަތުން ފެންއައުން ކުޑަކޮށްދޭނެ ކަމެކެވެ.
ޑޮކްޓަރަށް ދައްކަންވީ ކޮން އިރަކު؟
ވައިރަލް އިންފެކްޝަންތައް އާންމުކޮށް 7 ދުވަހާއި 10 ދުވަހާ ދެމެދު ރަނގަޅުވެއެވެ. ނަމަވެސް އެއް ހަފުތާ ވާއިރުވެސް ރަނގަޅު ނުވާނަމަ ނުވަތަ މާ ބޮޑަށް ހުން އައުން، ސައިނަސްގައި ރިއްސުން ނުވަތަ ނޭވާލާން އުނދަގޫވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ. ބައެއް ފަހަރު މިއީ އެންޓިބަޔޮޓިކް ބޭނުންވާ ފަދަ ސައިނަސް އިންފެކްޝަނަކަށް ވެސް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު