އެމްޑީޕީގެ މުޒާހަރާ
އެމްޑީޕީގެ މުޒާހަރާ
މިރޭ މާލޭގައި އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގައި، ފުލުހުން މުޒާހަރާގެ ބައިވެރިން "ފުނޑާލާނެ" ކަމުގެ އިންޒާރު ދިނުމާ ގުޅިގެން މަސްރަހު ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.

ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންދާ މި މުޒާހަރާގެ ބައިވެރިން ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި ބާރަށް އަޑުއުފުލަމުންނެވެ.



މުޒާހަރާގެ ތެރެއިން ލިބޭ މައުލޫމާތުތަކަށް ބަލާއިރު، ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ވަށާލައި، އެމީހުން ކުރިއަށް ނުދެވޭ ގޮތަށް ބަންދުކޮށްފައެވެ.



ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަމުންދާއިރު، މަސްރަހު ކޮންޓްރޯލް ކުރުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ފުލުހުންގެ ފަރާތުން ހަރުކަށި އިންޒާރުތަކެއް ލިބެމުންދާ ކަމަށެވެ. އަދި މި އިންޒާރުތަކަށް ފަސް ނުޖެހި ރައީސް އިސްތިއުފާ ދެއްވަންދެން ހަރަކާތް ހުއްޓާނުލާނެ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

މި ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް މި މުޒާހަރާތައް ކުރިއަށްގެންދާތާ މިއީ ތިންވަނަ ރެއެވެ. މި ތިން ރޭވެސް އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުން މިސަރުކާރާ ދެކޮޅަށް އަޑު އުފުލަން މަގުމައްޗަށް ނިކުމެ، ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒުކުރަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން މިސަރުކާރަށް 12 ޑިމާންޑެއް ހުށައަޅާފައިވާއިރު، ރައީސް ޑރ. މުއިއްޒު އިސްތިއުފާ ދެއްވުމަށްވެސް ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ އިތުރުން ޕީއެންއެފްގެ މެންބަރުން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި، ސިލްސިލާ މުޒާހަރާތަކެއް މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު