ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ނިމިދިޔަ ފެބްރުވަރީ މަހު އެކަނިވެސް 54 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ފެބްރުވަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި މިހާރު ޖުމްލަ 15,280 މީހުން ރަޖިސްޓްރީވެފައިވެއެވެ. މީގެ ތެރެއިން ފެބްރުވަރީ މަހު އަލަށް އެ ދަފުތަރުގައި 62 މީހަކު ވަނީ ހިމަނާފައެވެ.
މާލީ އެހީ ފޯރުކޮށްދެވުނު މީހުންގެ އަދަދަށް ބަލާއިރު، ފެބްރުވަރީ މަހު 14,993 މީހަކަށް އެހީ ދީފައިވެއެވެ. މިއީ ޖެނުއަރީ މަހު އެހީ ފޯރުކޮށްދިން 14,975 މީހުންނާ އަޅާބަލާއިރު އިތުރުވުމެކެވެ. ފައިސާގެ ގޮތުން ބަލާއިރު، ފެބްރުވަރީ މަހު ޖުމްލަ 54,842,000 ރުފިޔާ ވަނީ ދޫކޮށްފައެވެ. ޖަނަވަރީ މަހު މި އަދަދު ހުރީ 54,639,000 ރުފިޔާގައެވެ.
މީގެ އިތުރުން، އެންސްޕާއިން ވަނީ އިޖުތިމާއީ ރައްކާތެރިކަމުގެ އެހެނިހެން ދާއިރާތަކުންވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، ފަގީރު ހާލަތުގައި މައިންބަފައިންގެ އެހީތެރިކަމެއް ނެތި ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 187,500 ރުފިޔާ ދޫކޮށްފައިވެއެވެ. މި އެހީ ލިބޭ 101 ބެލެނެވެރިން ތިބިއިރު، ފެބްރުވަރީ މަހު ވަނީ އަލަށް އެއް ބެލެނެވެރިއަކު ރަޖިސްޓްރީކޮށްފައެވެ. މި ދާއިރާއިން އެހީ ލިބޭ ކުޑަކުދިންގެ ޖުމްލަ އަދަދަކީ 137 އެވެ.
ހަމައެއާއެކު، ފަގީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް ކާބޯތަކެތި ގަތުމަށް އެހީވުމުގެ ގޮތުން، 26,040 ރުފިޔާގެ މާލީ އެހީވެސް އެންސްޕާއިން ވަނީ ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު