ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހައްދަވާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ މަޤާމާ ހަވާލުވެލެއްވުމަށްފަހު މީޑިއާތަކަށް ފޮނުއްވެވި ޚާއްޞަ މެސެޖެއްގައެވެ.
ޑރ. ޝަހީމް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގައި އައުޤާފު މަޝްރޫޢުތައް އިތުރުކޮށް، އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އެގޮތުން އައުޤާފު މެނޭޖްމަންޓް ސިސްޓަމެއް ޤާއިމު ކުރުމާއި، އައުޤާފާ ބެހޭ ޚާއްޞަ ޤާނޫނެއް ވުޖޫދު ކުރުމަށް މަސައްކަތް ކުރަށްވާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އައުޤާފާ ބެހޭގޮތުން ބަޔާންވެފައިވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް މާތްﷲގެ ރަޙުމަތްފުޅާއެކު ފުރިހަމައަށް މަސައްކަތް ކުރަށްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ކުރިން އޮތް "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް" ގެ ނަން "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް" ގެ ނަމަށް ބަދަލުކުރައްވާފައެވެ. މިއީ އައުޤާފްގެ ދާއިރާއަށް ރައީސް ޑރ. މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަން ހާމަވެގެންދާ ކަމެކެވެ. މި އައު ބަދަލާއެކު ރާއްޖޭގެ އިސްލާމީ ވަޤުފްގެ ނިޒާމު އައު ހަރުފަތަކަށް ގެންދިއުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު