ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަކޮށް ހަމާސްގެ ހަތިޔާރު އެޅި ޖަމާއަތްތައް ނައްތާލުމަށް އިސްރާއީލުން އެކަނި ނިކުންނަން ޖެހިދާނެ ކަމުގެ އިންޒާރު ދީފިއެވެ.
އައި24 ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނެފައިވަނީ، ހަމާސްގެ ހަތިޔާރު އަތުލުމަށް ބައިނަލްއަގުވާމީ އިއްތިހާދެއް އުފެއްދުމަކީ ހަގީގަތާ އެއްގޮތް ކަމެއް ނޫން ކަމަށާއި، އެހެންކަމުން އެކަން ކުރުމަށް ތެލްއަވީވުން އެކަނި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ނަތަންޔާހޫ މިހެން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމެއްގައި ހަމާސް އިން ހަތިޔާރު ބެހެއްޓުމަށް ދިން 60 ދުވަހުގެ މުއްދަތު ހަމަވިއިރުވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ދަނޑިވަޅެއްގައެވެ.
ނަތަންޔާހޫ ފާހަގަކުރި ގޮތުގައި، ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕް ކުރެއްވި މަސައްކަތުގައި ބައިނަލްއަގުވާމީ އެއްބާރުލުން ނުލިބުނު ފަދައިން، ހަމާސްއާ ދެކޮޅަށް ކުރާ މަސައްކަތުގައިވެސް އެހީތެރިކަން ލިބޭނެ ކަމަށް ނުބެލެވެއެވެ.
ޣައްޒާގައި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދަނީ މެދުނުކެނޑި ފަލަސްތީނުގެ އާންމުންނަށް ހަމަލާދެމުންނެވެ.
އެގޮތުން ދާދި ފަހުން ދީފައިވާ ހަމަލާތަކުގައިވެސް ގިނަ ބަޔަކު ޝަހީދުވެފައިވާ އިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 72،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން، ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކުގެ ޝަރީއަތްވެސް، ސަލާމަތީ އަދި ސިޔާސީ ސަބަބުތަކަށްޓަކައި އިސްރާއީލުގެ ކޯޓަކުން ވަނީ އަނެއްކާވެސް ފަސްކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު