ކޮންމެ ކަމެއްގައިވެސް ކާމިޔާބީ ހޯދުމަށްޓަކައި އެންމެ މުހިންމު ކަމަކީ އެކަށޭނަ ވަގުތުގައި ނިންމާ ހަރުދަނާ ނިންމުންތައް ކަމަށް އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ފިރާގް މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުގެ ކެބިނެޓަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އެގޮތުން މިއަދު ވަނީ ކެބިނެޓްގެ 10 ވަޒީރަކު މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
އެކަމާ ގުޅިގެން ފިރާގް މިއަދު ވިދާޅުވީ، ޓީމުގެ ކޯޗުގެ ވިސްނުމާއި ތަޞައްވުރާމެދު އޭނާ އެއްވެސް ވަރަކަށް ޝައްކު ނުކުރަށްވާ ކަމަށެވެ. ޚާއްޞަކޮށް ދެވަނަ ހާފުގައި ކުޅުން ދަށްވެފައިވާ ކުޅުންތެރިންގެ ބަދަލުގައި، ހަކަތައާއި ޖޯޝުން ފުރިގެންވާ އާ ކުޅުންތެރިން ކުޅެން ނެރެ، ފޯވާޑް ލައިންގެ ހަމަލާތައް ވަރުގަދަ ކުރުމަށް ކޯޗު އެކަށީގެންވާ ބަދަލުތަކެއް ގެންނާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެޗުގެ ކޮންޓްރޯލް އަލުން ހޯދުމަށް ކުރަންޖެހޭ ކަންކަމަށް އަލިއަޅުވާލައްވަމުން ފިރާގް ވިދާޅުވީ، މިޑްފީލްޑްގައި ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އަވަސް ކުޅުމަކަށް ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ޑިފެންސް އިތުރަށް ވަރުގަދަކޮށްފިނަމަ، އަލުން މެޗުގެ ކޮންޓްރޯލް ހޯދުމުގެ ފުރުސަތު ޓީމަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް ފަހަރު ކާމިޔާބީގެ ސިއްރަކީ އެންމެ އެކަށޭނަ ވަގުތުގައި ކެރިގެން ނިންމާ ހަރުދަނާ ނިންމުންތައް." ފިރާގް ވިދާޅުވިއެވެ.
ހަމައެއާއެކު ފިރާގު ވިދާޅުވީ، ބަދަލުގައި ކުޅެން އަރާ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނި، މުޅި ޓީމުން އިތުރު ހިތްވަރަކާއި ޔަގީންކަމަކާއެކު ކުރިމަތިލައިފިނަމަ، ކުޑަވަގުތުކޮޅެއްގެ ތެރޭގައި މެޗުގެ އޮއިވަރު ބަދަލުވެ، ނަތީޖާ ޓީމު ކޮޅަށް އަނބުރާލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ފިރާގު މިހެން ވިދާޅުވެފައިވާއިރު، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބާއި ގުޅިގެން ސަރުކާރުގެ ހިންގުމަށް އިސްލާޙީ ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު