ލަންކާގެ މޫސުން ގޯސްވަނީ
ލަންކާގެ މޫސުން ގޯސްވަނީ
މިއަދު މެންދުރުފަހު 1:00 ގެ ފަހުން ސްރީލަންކާގެ ގިނަ ސަރަހައްދުތަކަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް އެގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މި މޫސުމީ ބަދަލާއެކު، ހާއްސަކޮށް ހުޅަނގު ޕްރޮވިންސް ، ސަބަރަގަމުވާ އަދި ސެންޓްރަލް ޕްރޮވިންސްގެ އިތުރުން ދެކުނުގެ ގާލް އަދި މާތަރަ ޑިސްޓްރިކްޓްތަކަށް 50 މިލިމީޓަރަށް ވުރެ ގިނައިން ވާރޭވެހި، ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، މިއަދު ހެނދުނުގެ ކުރީކޮޅު ސެންޓްރަލް، ސަބަރަގަމުވާ އަދި އޫވާ ޕްރޮވިންސްތަކުގެ އިތުރުން ގާލް، މާތަރަ އަދި ވަވުނިޔާ ޑިސްޓްރިކްޓްތަކަށް ބޯކޮށް ދުންފިނި އެރުން އެކަށީގެންވާ ކަމަށް އެ އިދާރާގެ ރިޕޯޓުގައިވެއެވެ.

މި ދުވަސްވަރަކީ ލަންކާގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ގުގުރުމާއެކު ވާރޭވެހޭ ވަގުތުތަކުގައި ވައިގަދަވެ، ހޮނުއެޅުން ފަދަ ނުރައްކާތަކުން ސަލާމަތްވުމަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު