ސިޔާސީ މަންފާ ހޯދުމުގެ ބޭނުމުގައި، ތައުލީމީ ގާބިލު ކުދިންގެ ބޯމައްޗަށް "ތަނެއް ދޮރެއް ނުދަންނަ" މީހުން އައްޔަންކޮށް ބޮޑެތި މުސާރަ ދިނުމަކީ ގައުމީ ހިދުމަތުގެ ރޫހު ކަތިލުން ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވަތަނީ ހިދުމަތުގެ ބިލަށް މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން، އައްބާސް ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ފެންނަނީ ސިޔާސީ ބޭނުންތަކަށްޓަކައި ކިޔަވައިގެން ތިބި ރަނގަޅު ކުދިން ބާކީކޮށް، ވަކި ބަޔަކަށް ވަޒީފާގެ ކުރިއެރުމާއި ބޮޑެތި މުސާރަދޭ މަންޒަރު ކަމަށެވެ.
"އަންނަ ކޮންމެ ސަރުކާރަކުން ސިޔާސީ ބޭނުންތަކަށް ސިޔާސީ މަންފާ އަށް ތަނެއް ދޮރެއް، އުޑެއް ބުޑެއް ނުދަންނަ އެތައް ބަޔަކު، ކިޔަވައިގެންތިބޭ ރަނގަޅު ކުދިންގެ ބޯމައްޗަށް ބޮޑެތި މުސާރަ ދީފަ ވަޒީފާ ދެއްވާ މަންޒަރު މި ފެންނަނީ،" އައްބާސް ވިދާޅުވިއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވެލިދޫ ދާއިރާގައި ކަން ހިނގާދިޔަ ގޮތެވެ. އައްބާސް ވިދާޅުވި ގޮތުގައި، ހަމައެކަނި ވެލިދޫން ވެސް 60 މީހަކަށް އިންތިހާބާ ދިމާކޮށް ވަޒީފާ ދީފައިވެއެވެ. އަދި ވޯޓުލުމުގެ އެންމެ ދުވަހެއް ކުރިން، ހުކުރު ދުވަހުގެ ހަވީރު ފެނަކައިގެ ހުރިހާ މުވައްޒަފުން ހާޒިރުކޮށް، ތަޖުރިބާކާރު މުވައްޒަފުން ތިއްބާ ވަކި ޕާޓީއަކަށް ނިސްބަތްވާ މީހުންނަށް ޕްރޮމޯޝަން ބަހާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ގައުމަށް ވަތަނީ ރޫހުގަ ހިދުމަތްކޮށްދޭން ތިބި ހިދުމަތްތެރިންގެ އަބުރު ކަތިލާފަ، އެބޭފުޅުންގެ އަބުރު ވެއްޔާ މޮޑެލާފަ، އަޅުގަނޑުމެން ސިޔާސީ އެޖެންޑާ އިސްކޮށްފިކަމަށް ވާނަމަ، މި ވަތަނީ ހިދުމަތުގެ ބިލު އޭގެ ފުރިހަމަކަންމަތީ ރައްޔިތުންނާ ހަމައަކަށް އެއްގޮތަކަށްވެސް ވާސިލެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެސްއޯއީތަކާއި ސަރުކާރުން އަމަލުކުރަންޖެހޭ ގޮތުގެ ގާނޫނުތަކާއި ގަވާއިދުތައް ހުރި ނަމަވެސް، މަޖިލީހަށް ބިލެއް ހުށަހަޅާލާފައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް "ސަނާ ކިޔުމަކުން" ކަންކަން އިސްލާހު ނުވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސީ ހަޔާތް ހަރާބުވަމުންދަނީ ހަގީގަތް އޮޅުވާލާ މީހުންގެ ސަބަބުން ކަމަށެވެ.
ވެލިދޫ ދާއިރާގެ ރައްޔިތުން ސަރުކާރަށް "ނޫނެކޭ" ބުނީ ސަބަބުތަކެއް ހުރެގެންކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވީ، އޭނާއަކީ ރައީސް މުއިއްޒަށް އެންމެ އިހުލާސްތެރިވާނެ މެންބަރު ކަމަށެވެ. އެއީ ދޮގެއް ވެއްޖެނަމަ އެއީ ދޮގެކޭ ބުނުމަށާއި، ކަންކަން ނުކުރާނަމަ އެ ވާހަކަ ސީދާ ބުނަން ކެރޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު