ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ދާއިރާތަކަށް ބެހެއްޓި ވޯޓު ފޮށިތަކުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ލަސްވަމުންދާތީ، އެކަމާ މެދު އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބުގެ ވޯޓުލުން ނިމި ގިނަ ދުވަސްތަކެއް ވެގެންދާއިރު ވެސް މާލޭގެ ދާއިރާތަކުގެ ދާއިމީ ނަތީޖާ އިއުލާން ނުކުރެވި އޮތުމަކީ ބޮޑު ސުވާލެއް އުފެދޭ ކަމެއް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ނަތީޖާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ތުހުމަތު ކުރައްވައި، ފައްޔާޒް ވަނީ ވީހާވެސް އަވަހަށް ދާއިމީ ނަތީޖާ އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.
މިކަމާ ގުޅިގެން "ރަސް" އިން ސުވާލު ކުރުމުން އިލެކްޝަންސް ކޮމިޝަނުން ބުނީ ނަތީޖާތައް ފައިނަލްވަމުން ދާ ވަރަކުން އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ.
މިދިޔަ އެޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވި މި އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި މާލޭގެ މުހިންމު ގިނަ ގޮނޑިތަކެއް ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

ކިޔުންތެރިންގެ ހިޔާލު