ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އުފުލައި، އެ ކުއްޖާ ލައްވައި މަސްތުވާތަކެތީގެ ވިޔަފާރީގެ މުޢާމަލާތްތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައިވަނީ މ. ނާޒްލީމަންޒިލް، ޙަސަން ނުޢާޒު (28އ) އާއި ވ. ސެޓެލައިޓް، އަޙްމަދު ނަޢީމް (39އ) އެވެ.
މި ދެ މީހުންގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ޓްރެފިކްކުރުމުގެ އިތުރުން ކުޑަކުއްޖަކު އެކްސްޕްލޮއިޓްކުރުމުގެ ކުށެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާއާއި މި ދެ މީހުންނާ ދެމެދު މަސްތުވާތަކެތީގެ މުވާސަލާތުތަކެއް ހިންގާފައިވާކަން ތަޙުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މި ދެ މީހުން ގުޅިގެން އެ ކުއްޖާ މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރީގެ މުޢާމަލާތްތައް ހިންގާފައިވާ ކަމަށް ތަޙުޤީޤީ އޮފިސަރު ކޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މި ދެ މީހުންގެ ދެމެދުގައި ފައިސާގެ ގިނަ މުޢާމަލާތްތަކެއް ހިންގާފައިވާކަން ވެސް ބަންދު އަމުރުތަކުން އެނގެއެވެ.
މި މައްސަލައިގައި ހެކީގެ ގޮތުގައި ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓާއި، ފުލުހުންގެ ބަޔާންތަކާއި، މަސްތުވާތަކެތީގެ ތަޙްލީލް ރިޕޯޓުގެ އިތުރުން ކޯލް އިންޓަސެޕްޓް ޑާޓާ ޓްރާންސްކްރިޕްޓާއި، ސީސީޓީވީ ފުޓޭޖް އަދި ބޭންކް ޑީޓެއިލްސް ކޯޓަށް ހުށަހަޅާފައެވެ. މި ދެ މީހުން ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީ، ބަންދުގައި ބެހެއްޓުމަށް އަމުރުކުރެއްވީ ޤާޟީ އިބްރާހީމް ޛިހުނީއެވެ.
ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. މިއީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލެ ސަރަހައްދުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބައެކެވެ.
މި މައްސަލައިގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ބޭނުންކޮށް، އެކްސްޕްލޮއިޓް ކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު