ލޯކަލް ކައުންސިލް އިންތިޚާބުގައި އެއްވަރުވުމުގެ ސަބަބުން ނުވަތަ އެހެނިހެން ސަބަބުތަކާހުރެ ދެވަނަ ބުރަކަށް ދާންޖެހޭ ދާއިރާތަކުގެ ވޯޓުލުން ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ލޯކަލް އިންތިޚާބުގެ، ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޭޕްރީލް 18 ވާ ހޮނިހިރު ދުވަހު ކަމަށެވެ. މި އިންތިޚާބަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކޮމިޝަނުން މިހާރު ރަސްމީކޮށް ފަށާފައިވާ ކަމަށް ޒާހިދު ވިދާޅުވިއެވެ.
އީސީގެ ރައީސް ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ މިހާރު މުޅިން އިއުލާންކޮށް ނިމިފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތް މިއަދު މެންދުރު 2:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށްވެސް ރައީސް ޒާހިދު ވިދާޅުވިއެވެ.
މިއަދު އިއުލާން ކުރަން ފަށާ ރަސްމީ ނަތީޖާއާއެކު، ދެވަނަ ބުރަކަށްދާ ދާއިރާތަކާއި ކެންޑިޑޭޓުންގެ ތަފްސީލު ސާފުވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު