އުޑުމަތިން ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ އަލިގަދަ ކޮމެޓެއް ނުވަތަ ނަގޫފެންނަ ތަރިއެއް މި ދުވަސްވަރު ފެންނަމުންދާ ކަމަށާއި، މި ހަފްތާ ބަންދަކީ އެ ބަލާލުމަށް ލިބޭނެ އެންމެ ފަހި ފުރުސަތު ކަމަށް މަޝްހޫރު ފޯބްސް މެގަޒިންއިން ރިޕޯޓުކޮށްފިއެވެ.
"ޕޭންސްޓާރސް"ގެ ނަމުން ނަންދެވިފައިވާ މި ކޮމެޓަކީ އާދަޔާ ހިލާފަށް އަލިގަދަ އެއްޗަކަށް ވުމާއެކު، ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ދަނީ ފެންނަމުންނެވެ. ފަލަކީ މާހިރުންނާ ހަވާލާދީ ޖޭމީ ކާޓަރ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކޮމެޓް އެންމެ ރީތިކޮށް ފެންނާނީ އިރުއޮއްސޭ ވަގުތު ހުޅަނގު ފަރާތު އުދަރެހުންނެވެ. މިއީ ފާއިތުވި އަހަރުތަކުގައި ފެނުނު އެންމެ އަލިގަދަ ކޮމެޓްތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށްވެސް އެ ނޫހުން ފާހަގަކުރެއެވެ.
މި މަންޒަރު ބަލާލަން ބޭނުންވާ ފަރާތްތަކުން އިރުއޮއްސޭތާ ގާތްގަނޑަކަށް 45 މިނެޓާއި 90 މިނެޓާ ދެމެދު ހުޅަނގު އުދަރެހަށް ބެލުމަށް މާހިރުން އިރުޝާދުދެއެވެ.
ސިޓީތަކުގެ އަލިގަދަ ސަރަހައްދުތަކަށްވުރެ، އަނދިރި ހިސާބުތަކަށް މި މަންޒަރު މާ ސާފުކޮށް ފެންނާނެއެވެ. ހުސްލޮލަށް ފެނުނު ކަމުގައިވީ ނަމަވެސް، އާދައިގެ ދުރުމީއެއް ބޭނުންކޮށްގެން ކޮމެޓްގެ ނަގޫ މާ ފުރިހަމައަށް ފެންނާނެ ކަމަށް ރިޕޯޓުގައިވެއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މި ކޮމެޓް މިހާ އަލިގަދަކޮށް ފެންނަނީ އިރާ އެންމެ ކައިރިން ދަތުރުކުރުމަށްފަހު މިހާރު ދުނިޔެއާ އެންމެ ކައިރިން ދަތުރުކުރަމުންދާތީއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މި ކޮމެޓް ދުނިޔެއާ ދުރަށް ދަތުރުކުރާނެތީ، އޭގެ އަލިކަން މަޑުމަޑުން ފަނޑުވަމުންދާނެއެވެ. އެހެންކަމުން، މިއީ ފޮޓޯގްރާފަރުންނާއި ފަލަކީ އިލްމަށް ޝައުގުވެރިވާ ފަރާތްތަކަށް ލިބޭނެ ވަރަށް ތާރީޚީ ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު