ދިވެހިރާއްޖޭގެ އިޤްތިސާދީ ހާލަތު މިހާރު އޮތް ނުތަނަވަސްކަމުން ބޭރުކޮށް، ގައުމު ހަމައަކަށް އެޅުވޭނެ ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ އަދި ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ އޮޅުންބޮޅުންތަކުން ސަލާމަތްވެ، ތަރައްޤީގެ ރަނގަޅު މިސްރާބަކަށް ޤައުމު ގެންދެވޭނެ ފަންވަރާއި ޤާބިލުކަން ހުރީ ހަމައެކަނި ރައީސް ޔާމީންގެ ކިބައިގައެވެ.
މީގެ އިތުރުން، ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕީއެންއެފްއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ، އެ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މުސްތަޤްބަލް ކަމަށެވެ. އަދި ޕީއެންއެފް އަކީ ސިޔާސީ ގޮތުން އެންމެ ބޮޑު ހަމަޖެހުމެއް އޮތް ޕާޓީ ކަމަށާއި، އެއީ މިއަދު ދިވެހި ރައްޔިތުންގެ އޮތް ހަމައެކަނި އުންމީދު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެންއެފް އިން އަންނަނީ މިހާރުގެ ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ޤައުމުގެ މިސްރާބު ހުރީ ރަނގަޅަށް ނޫން ކަމަށް ބުނެ، ރައީސް ޔާމީންގެ ޒަޢާމަތުގައި ގެނެސްދެއްވި ތަރައްޤީ އާއި އިޤްތިސާދީ ކުރިއެރުން އަލުން އަނބުރާ ގެނައުމަށް އެ ޕާޓީން މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު