ސިޔާސީ މަސައްކަތް ނުކޮށް ހިހޫތަނުން ކާން ފުންމާލާ އެތައް ބަޔަކު ތިބޭ ކަމަށާއި، ދެރައީ ޖަރާސީމުގޮތަށް ސިޔާސީ ޕާޓީތަކުގެ ތެރެއަށް ފެތުރޭ މި ބަލިމަޑުކަމަށް ފާރަވެރިވާން ސިޔާސީ ބޮޑުންނާއި ޕާޓީތަކަށް ދަސްނުވާކަން ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ސިޔާސީ މަސައްކަތް ނުކޮށް ހިހޫތަނުން ކާން ފުންމާލާ އެތައް ބަޔަކު ދެ ފިކުރު ތެރޭގައިވެސް ތިބޭ ކަމަށެވެ.
"މިއީ އަބަދު އަޅުގަނޑުމެން މިދައްކަމުންދާ ވާހަކަ. ސިޔާސީ މަސައްކަތް ނުކޮށް ހިހޫތަނުން ކާން ފުންމާލާ އެތައް ބަޔަކު ތިބޭ. އަދި އެގޮތަށް އަބަދު ސައްލާ ކުރާ އެތައް ބަޔަކު މި ގައުމުގައި ތިބޭ. ދެ ފިކުރުގެ ތެރޭގައި ވެސް މި ބަލި ފެތުރިފައި އެބައޮތް،" ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ބުރަ މަސައްކަތުން އުފެދުނު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ތެރެއަށް ވެސް ވަދެ ތިބި މިފަދަ ގިނަ ބަޔަކު އެބަ ތިބި ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ. ދިގު ތަފްސީލު ލިސްޓަކާ އެކު ޖަމީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމަކީ ރައީސް ޔާމީންގެ ޝަރީއަތުގައި ދެކޮޅަށް ހެކިދިން ބޭފުޅެއް ކަމަށެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފަކީ ރިޔާސީ ކެމްޕޭންގެ ފަހު ވަގުތު ވެސް ގާސިމް އިބްރާހިމްގެ ކެމްޕޭނުގައި ހަރަކާތްތެރިވި ބޭފުޅެއް ކަމަށާއި، ރައީސް އޮފީހުގެ ތެރޭގައި ޓީވީ ހަލީލު ފަދަ ގިނަ ބަޔަކު ތިބި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
މީގެ އިތުރުން ވަޒީރުންގެ ތެރެއިން ހައިދަރު، މާރިޔާ، އަސްވާޑު، ރާއްޕެ، އާދަމް ނަސީރު، އިސްމާއީލް ޝަފީއު ފަދަ ބޭފުޅުންނަކީ ފަސް އަހަރު ދުވަހު ޕާޓީ އިދިކޮޅުގައި އޮތް ދުވަސްވަރު ބޯ ދިއްކޮށްލި ބައެއް ވެސް ނޫން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ސިފަ ކުރެއްވި ގޮތުގައި، މިއީ ޑެލިވަރ ކުރުމުގެ ގާބިލުކަމެއް ނެތް، ސިޔާސީ ހުނަރެއް ނެތް "ގާބޭޖް" ތަކެއްގެ ގޮތުގައި ބުނެވޭ ބައެކެވެ. އަދި މިއީ ޕީޕީއެމް/ޕީއެންސީ ފިކުރާ ގުޅުމެއް ވެސް ނެތް ބަޔެއް ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.
"އާއިޝަތު ޝިހާމުވެސް ރައީސް ޔާމީން އަރިހު ވަޒީރުކަން ކޮށްފައި ހުރީ ވ. ދުރުގައި މަސައްކަތެއް ނުކޮށް. ވަޒީރު ޒަމީރަކީ ދުރުގައި ކުޅިބަލަން ހުރެފައި ރިޔާސީ ކެމްޕެއިން ތެރޭގައި ތޮރުފިގަތް މީހެއް. އުޝާމަކީވެސް އެފަދަ މީހެއް." ޖަމީލް ވިދާޅުވިއެވެ.
އެމްބަސީތަކަށް ބަލާ ކަމަށްވާ ނަމަ، އިނގިރޭސިވިލާތުގައި ހުންނެވި އިރުތިޝާމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީރު ކަން ކުރެއްވި ނަމަވެސް، ފަސް އަހަރު ދުވަހު ޕާޓީ އިދިކޮޅުގައި އޮތް ދުވަސްވަރު ގާސިމް އިބްރާހިމްގެ ކައިރީ ހުންނެވި "އޮޕަޗުނިސްޓެ" އްކަމަށް ޖަމީލް ސިފަ ކުރެއްވި އެވެ. ހަމަ އެހެންމެ، ރާއްޖޭގެ ތަފާތު އެމްބަސީތަކުގައި ތިބި ގިނަ ބަޔަކީ ވެސް ޕާޓީއާ ގުޅުމެއް ނެތް، ގާބިލުކަމެއް ނެތް، ގާތް ގުޅުންތަކުގެ ތެރެއިން ވަޒީފާ ހޯދި ބަޔެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.
"މަހްލޫފާއި، މަހްލޫފުގެ އަންހެނުން ފަދަ ޗީޕު އެތައް ބަޔަކު އެކި ލެވެލްގައި މިސަރުކާރު ތެރޭ އެބަތިބި. މާދަމާ ޕީއެންސީ ބަލިވާއިރަށް ދެން އުފެދޭ ސަރުކާރު ތެރެއަށް ނާށިގަނޑު ހިފައިގެން ހަމަ މި މީހުންދުވެފައިދާނެ." ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ދެރައީ ޖަރާސީމުގޮތަށް ސިޔާސީ ޕާޓީތަކުގެ ތެރެއަށް ފެތުރޭ މި ބަލިމަޑުކަމަށް ފާރަވެރިވާން ސިޔާސީ ބޮޑުންނާއި، ޕާޓީތަކަށް ދަސްނުވާ ކަން ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު