ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ފޯކައިދޫން ކުރިމަތިވި ނާކާމިޔާބީގެ ބަދުނާމު އެ ރަށު ފެނަކަ ބްރާންޗުގެ ބައެއް މުވައްޒަފުންގެ ބޮލުގައި އަޅުވައި، އެ މުވައްޒަފުންނަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ.
މިގޮތުން އެންމެ ފުރަތަމަ ފިޔަވަޅު އަޅާފައިވަނީ އެ ބްރާންޗުގެ ޓެކްނީޝަނެއްގެ މަޤާމުގައި ހުރި އަޙްމަދު ޖައިލަމަށެވެ.
"ރަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް މި ފިޔަވަޅު އެޅީ އިންތިޚާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ނުކޮށް، އިދިކޮޅު އެމްޑީޕީއަށް ސޮއިކޮށްފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުންނެވެ.
ޖައިލަމަށް މިހާރު އަންގާފައިވަނީ މިއަދުން ފެށިގެން އޭނާގެ މަސައްކަތަކީ ކުނިކަހާ ބައި ބެލެހެއްޓުން ކަމަށެވެ. ނަމަވެސް، މި ބަދަލަކީ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތި، އަދި ހެޑް އޮފީހުގެ އެންގުމަކާ ނުލައި، ފޯކައިދޫ ފެނަކައިގެ އިސްވެރިޔާ ފޯނުން ގުޅުއްވައި ދެއްވި އެންގުމެއް ކަމަށް މަޢުލޫމާތު ލިބެއެވެ. މިކަމާ ގުޅޭގޮތުން މުވައްޒަފު ސުވާލު ކުރުމުން، އެ ބްރާންޗުގެ އިސްވެރިޔާ މާހިދު ވަނީ ވަޒީފާގެ އުސޫލުތަކަށް ބެލުމެއް ނެތި، ކުރެވޭނެ ކަންކަން އެނގޭނީ އޭނާއަށް ކަމަށް ބުނެ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ.
މިފަދަ ނިންމުންތަކަކީ ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފު، އަދި އިޖުރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް ނިންމާފައިވާ ނިންމުންތަކެކެވެ. ވަޒީފާގެ މަސްއޫލިއްޔަތަށް މިފަދަ ބޮޑެތި ބަދަލުތައް ގެނައުމުގައި ޤާނޫނީ ހަމަތަކަށް ބޯނުލަނބާނަމަ، އަނިޔާ ލިބޭ މުވައްޒަފުންނަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް މެދުވެރިކޮށް އިންސާފު ހޯދުމުގެ ފުރުޞަތު އޮންނާނެކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު