އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބައެއް ފިރިހެނުންނަކީ ދުނިޔެވީ ކަންކަމުގައި މާބޮޑު ފިކުރެއް ޙިޔާލެއް ނުކުރާ، ފަސޭހަ ބައެއް ކަމަށް ފެނުނަސް، ހަގީގަތުގައި އެއީ ކަންކަމުގައި އެއްވެސް މަސައްކަތެއް ކުރަން ބޭނުންނުވާ، ހިތަށް އެރިހާ ގޮތަކަށް އުޅެން ބޭނުންވާ މީހުންނެވެ. ވިސްނުމުގެ ގޮތުން ބަލާއިރު، ކޮންމެ އަންހެންކުވެސް ބޭނުންވާނީ ކަންކަމުގައި މާބޮޑަށް ދެބަސްނުވާ، ހަމަޖެހިގެން އުޅޭ ބައިވެރިއެކެވެ. ދެބަސްވުންތަކުން ދުރުވެ، ކޮންމެ ކަމެއްގައިވެސް ތިމާ ބޭނުންވާ ގޮތަށް އާނބަސް ބުނާ މީހަކާ އެކު އުޅުމަކީ ހިތްހަމަޖެހުން ލިބޭނެ ކަމެއް ކަމަށް އަންހެންވެރީންނަށް ހީވެދާނެއެވެ. ނަމަވެސް، ފަހަކަށް އައިސް އިންޓަނެޓްގައި މަގުބޫލުވަމުންދާ "ޕްލާސްޓިކް ކޮތަޅު ތިއަރީ" އިން ބުނެދެނީ، މިފަދަ ކަންފަސޭހަ ފިރިހެނަކާއެކު ގުޅުމެއް ދެމެހެއްޓުމަކީ އަންހެނުންނަށް ނުހަނު ބޮޑު ވޭނަކާއި ތަކުލީފްތަކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ.
ރިލޭޝަންޝިޕް ކޯޗެއް ކަމަށްވާ އެލެސަންޑްރޯ ފްރޮސާލީ އާންމުކުރި ޕްލާސްޓިކް ކޮތަޅު ތިއަރީ އިން ބުނެދޭ ގޮތުގައި، ކަންކަމުގައި އިސްނުނަގާ އަދި އެއްވެސް ކަމެއް ރާވައި ނުހަދާ ފިރިހެނުންނަކީ ކޯރެއްގެ އޮއިވަރާ އެކު އޮހެމުންދާ "ޕްލާސްޓިކް ކޮތަޅެއް" ފަދަ ބައެކެވެ. އެފަދަ މީހުން އަބަދުވެސް މަޑުކޮށްގެން ތިބެނީ ބައިވެރިޔާ ހުރިހާ ކަމެއް ނިންމައި ރާވަންދެނެވެ. މިއީ ބަލާލަން ފަސޭހަ ކަމެއްގެ ގޮތުގައި ފެނުނަސް، މިފަދަ ފިރިހެނަކާއެކު ދިރިއުޅުމެއް ބިނާކުރަން އުޅުމަކީ ހަގީގަތުގައި އަންހެނަކަށް ވޭން ދެނިވި ބޮޑު ތަކްލީފަކަށް ވެގެންދާނެ ކަމަކެވެ. މިކަމުގައި ހުރި ވޭނާއި ގިތްދަތިކަމުގެ އިހުސާސް ޚުދު އަންހެނަކަށްވެސް ކުރެވޭނީ އެއްވެސް ވަރުގެ އަޒުމެއް ނެތް، ހަކަތައެއް ނެތް މީހަކާއެކު އުޅެން ޖެހުމުންނެވެ.
ކުރިން ހަލަބޮލި ނުވަތަ މައްސަލަ ގިނަ ގުޅުމެއްގައި އުޅެ، ހިތްދަތި ތަޖުރީބާތަކެއް ކުރެވިފައިވާ އަންހެނަކަށް މިފަދަ "ޗިލް" މިޒާޖުގެ މީހަކާއި ދިމާވުމުން، ކުރީކޮޅު ވަރަށް ކަމުގޮސްދާނެއެވެ. ސަބަބަކީ އެއްވެސް ކަމެއްގައި ދެބަސްވުމެއް ނެތުމުން އެއީ ރައްކާތެރިކަމުގެ އިހުސާސް ތިމާއަށް ކުރެވޭނެތީއެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އެނގިގެންދާނީ، މި "ފަސޭހަ" މިޒާޖަކީ ހަގީގަތުގައި ކަންކަމަށް ފަރުވާކުޑަކުރުމާއި، ގުޅުމުގެ ޒިންމާތަކުން ރެކުމަށް އޭނާ ބޭނުންކުރާ އައްޑަނައެއް ކަމެވެ.
ކަނބަލުންނޭއެވެ. ވިސްނާށެވެ. ކަމެއް ނިންމުމުގައި އެއްވެސް ޚިޔާލެއް ނެތި، އަދި އިސްނެގުމުގެ ރޫހެއް ނެތް ފިރިހެނަކާއެކު އުޅޭއިރު، ގުޅުމުގެ ހުރިހާ ބުރައެއް އުފުލަން ޖެހެނީ ތިބާއަށެވެ. ކެއުންބުއިމުގެ ކަންކަމުން ފެށިގެން ބަޖެޓު ކުރުމާއި، ގުޅުމުގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަދެއްކުމަށް އިސްނަގަން ޖެހެނީވެސް ތިބާއަށެވެ. "ޕްލާސްޓިކް ކޮތަޅު" ފަދަ ބައިވެރިޔާ އޮންނާނީ އެއްވެސް ފިކުރެއް ނެތި އޮއިވަރާ އެކު ދެމިލަދެމިލައެވެ. މާހިރުން ބުނާ ގޮތުގައި، މީހަކީ ކަންކަމުގައި ދޫދޭ ފަސޭހަ މީހަކަށް ވުމާއި، ކަންކަމުގައި ފަރުވާކުޑަވެ އެއްވެސް ބައިވެރިވުމެއް ނެތް މީހަކަށް ވުމާ ދެމެދު ވަރަށް ބޮޑު ތަފާތެއް ހުރެއެވެ. އެތަފާތުތައް ދަނެގަނެވިފައި އޮތުން މުހިއްމު ކަމަށް އަޅުގަނޑު ދެކެމެވެ. އެހެންކަމުން "ޕްލާސްޓިކް ކޮތަޅު" އުސޫލަށް އުޅޭ މީހުންގެ ފަރާތުން ފެނިގެންދާނެ ބައެއް ނިޝާންތަކަށް ބަލާލާނަމެވެ.
1. ކަންކަމުގައި އިސް ނުނެގުން
އިސްނެގުމަކީ ހުރިހާ ކަމެއް ކޮންޓްރޯލް ކުރުމެއް ނޫނެވެ. އެއީ އެދުމަކާ ނުލައިވެސް ބައިވެރިޔާއަށްޓަކައި ކަންކަން ކުރުމަށް ހުންނަ ޝައުގުވެރިކަމެވެ. ބޭނުންވާނީ ކޮން ކަމެއްތޯ އަހާލުމުގެ ބަދަލުގައި، އަމިއްލައަށް ކަންކަން ރާވައި ހިންގުމެވެ. "ޕްލާސްޓިކް ކޮތަޅު" މީހުން އަބަދުވެސް އަހާނީ "ތިބާ ބޭނުމީ ކޮން ގޮތެއް؟" މިހެންނެވެ. މިއީ އެހެން މީހުންނަށް ދޭ އިހުތިރާމެއްގެ ބަދަލުގައި، އަމިއްލައަށް އެއްވެސް ކަމެއް ނިންމަން ނުޖެހޭނެ ގޮތް ހެދުމަށް ބޭނުންކުރާ އުކުޅެކެވެ.
2. ޙިޔާލެއް ފިކުރެއް ނެތުން
ސިއްހަތު ރަނގަޅު ގޮތުގައި "ޗިލް" މީހުންގެވެސް އަމިއްލަ ގަބޫލުކުރުންތަކާއި ޚިޔާލުތައް ހުންނާނެއެވެ. ނަމަވެސް ބައެއް މީހުން "ޗިލް" ވަނީ އެމީހުންގެ އަމިއްލަ އިހުސާސްތަކެއް ނުވަތަ ޝައުގުވެރިކަމެއް ނެތުމުންނެވެ. ބައިވެރިޔާ ހިތްހަމަނުޖެހިދާނެ ކަމަށްޓަކައި، އަމިއްލަ ޚިޔާލު ދޫކޮށްލާ މީހަކީ ހަގީގަތުގައި ދޫދޭ މީހެއް ނޫނެވެ. އެއީ އަމިއްލަ ވަންތަކަމެއް ނެތް މީހެކެވެ.
3. އެއްބަސްވެފައިވާ ކަންކަމަށް އަމަލުނުކުރުން
ވާހަކަދައްކާ ވަގުތު ހުރިހާ ކަމަކަށްވެސް އެމީހުން އާނބަސް ބުނާނެއެވެ. ނަމަވެސް އެކަމެއް އަމަލުން ކުރަން ޖެހޭ ވަގުތު އެއްވެސް ހަރަކާތެއް ނުހުންނާނެއެވެ. މިފަދަ މީހުންގެ "އާނބަސް" އަކީ ހަމައެކަނި އެ ވަގުތުގެ މަސްލަހަތު ހިފެހެއްޓުމަށް ބުނާ ބަހެކެވެ.
ޚުލާސާކޮށް ދަންނަވާނަމަ، ރަނގަޅު ބައިވެރިއަކީ ކަންކަން ދިމާވާ ގޮތުން އެކަމާ މާބޮޑަށް ރުޅިނައިސް، މަޑުމައިތިރިކަމާއެކު ކަންކަން ކުރިމަތިލާ މީހާ އެވެ. ނަމަވެސް ހަމައެއާއެކު، އޭނާއަކީ ގުޅުމުގައި ހަރަކާތްތެރި، އިސްނަގާ، އަދި ޒިންމާ އުފުލާ މީހަކަށް ވާންޖެހެއެވެ. ދިރިއުޅުމުގައި ހަގީގީ ހަމަޖެހުމަކީ ދެމީހުން އެކުގައި ކުރާ މަސައްކަތުން ލިބޭ އެއްޗެކެވެ. އެއީ އެކަކު ހުރިހާ ކަމެއް ކުރަމުން ދަނިކޮށް އަނެކަކު ފަރުވާކުޑަކޮށް ހިތު ހުރި ގޮތަކަށް ދުވަސްތައް ފާއިތު ކުރުމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު