ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގުނު ރިފަރަންޑަމްގައި، އެކަމަށް ތާއީދުކުރަން ބޭނުންވި ފަރާތްތަކުންވެސް ސަރުކާރާ މެދު އޮތް ހިތްހަމަނުޖެހުމުގެ ސަބަބުން "ނޯ" ޖަހާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުލް ރަހްމާނު (އައްދު) ވިދާޅުވެއްޖެއެވެ.
އެކްސްގަައި ހިއްސާކުރެއްވި ޕޯސްޓެއްގައި އައްދު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ ޚިޔާލަށް އޭގެ ޒާތުގައި ތާއީދުކުރަން ބޭނުންވި މީހުންވެސް، ސަރުކާރުން ރައްޔިތުންނާ މެދު ވަމުންދާ އިހުމާލަށް ރައްދު ދިނުމުގެ ގޮތުން "ނޯ" އިޚްތިޔާރުކޮށްފައިވާ ކަމަށެވެ.
މި ނަތީޖާއަކީ ވަކި ސިޔާސީ ޕާޓީއަކުން ކުރި ކަމެއް ނޫން ކަމަށް އައްދު ވަނީ ފާހަގަކޮށްފައެވެ. އޭގެ ބަދަލުގައި މިއީ މިހާރުގެ ސަރުކާރާ މެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ މާޔޫސްކަމާއި ފްރަސްޓްރޭޝަންގެ ސަބަބުން ނުކުތް ނަތީޖާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ސަރުކާރުން ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމުކޮށް، ކަންކަން އިސްލާހު ނުކޮށްފިނަމަ ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ނިންމުން ހުންނާނީ މިފަދަ ގޮތަކަށް ކަމަށް އައްދު ވަނީ ވިދާޅުވެފައެވެ.
"މިއީ ސަރުކާރާ ދޭތެރޭ ރައްޔިތުންގެ ހުރި ފްރަސްޓްރޭޝަންގެ ނަތީޖާ. އަޅުގަނޑު އުންމީދުކުރަނީ ކުރިއަށް އޮތްތަނުގައި މިކަމުން ފިލާވަޅެއް ލިބި ސަރުކާރުގެ ކަންކަންވެސް ރަނގަޅުކުރާނެ ކަމަށް. ނޫނީ ދެންވެސް ޖަހާނީ ނޯ،" އައްދުގެ ޕޯސްޓުގައި ވެއެވެ.
ރިފަރަންޑަމްގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ނަތީޖާއަށް ބަލައި އިދިކޮޅު ފަރާތްތަކުން ދަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ލެޖިޓިމެސީ ގެއްލިފައިވާ ކަމަށް އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ދެ އިންތިހާބު އެއްކޮށް ބާއްވަން އޭގެޒާތުގަ އާއެކޭ ޖަހަންބޭނުންވި މީހުންވެސް ސަރުކާރުން ރައްޔިތުންނާއިދޭތެރޭ ވަމުންދާ އިހުމާލަށް ރައްދު ދިނުމަށް ޖެހީ ނޯ. މިކަމާ ހަވާލުވާން އުޅޭ ވަކި ޕާޓީއަކުން ކުރިކަމެއްނެތް. މިއީ ސަރުކާރާއި ދޭތެރޭ ރައްޔިތުންގެ ހުރި ފްރަސްޓްރޭޝަންގެ ނަތީޖާ،…
— Abdul Rahman (@MpAhdhu) April 8, 2026
"މިއީ ސަރުކާރާ ދޭތެރޭ ރައްޔިތުންގެ ހުރި ފްރަސްޓްރޭޝަންގެ ނަތީޖާ. އަޅުގަނޑު އުންމީދުކުރަނީ ކުރިއަށް އޮތްތަނުގައި މިކަމުން ފިލާވަޅެއް ލިބި ސަރުކާރުގެ ކަންކަންވެސް ރަނގަޅުކުރާނެ ކަމަށް. ނޫނީ ދެންވެސް ޖަހާނީ ނޯ،" އައްދުގެ ޕޯސްޓުގައި ވެއެވެ.
ރިފަރަންޑަމްގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ނަތީޖާއަށް ބަލައި އިދިކޮޅު ފަރާތްތަކުން ދަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ލެޖިޓިމެސީ ގެއްލިފައިވާ ކަމަށް އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު