ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އެއާއެކު، ހުސްވި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލީ މިދިޔަ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ.
އިސް ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ މިހާރުވެސް އެ ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އާއި، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.
އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅާނީ ޖޭއެސްސީންނެވެ.
މި ތިން ބޭފުޅުންގެ ތެރެއިން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއަކީ، ހައިކޯޓުގެ އިސް ފަނޑިޔާރަކު ނެތުމުން މިވަގުތު އެ ކޯޓު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރެވެ.

ކިޔުންތެރިންގެ ހިޔާލު