މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ތެރެއިން ތިން ދާއިރާއެއްގެ ނަތީޖާ އެއްވަރުވެ، އެ ދާއިރާތަކުގެ ވޯޓުލުން ދެވަނަ ބުރަކަށް ދިއުން އެކަށީގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އަބްދުއްﷲ އުނައިސް ވިދާޅުވީ، ދެވަނަ ބުރަކަށް ތިން ދާއިރާއެއް ދިއުން އެކަށީގެންވާ ކަމަށް މިހާތަނަށް ބެލެވުނު ނަމަވެސް، އެ އަދަދު ކަށަވަރު ކުރެވޭނީ އިންތިޚާބުގެ ފައިނަލް ނަތީޖާ އިއުލާނު ކުރުމަށްފަހު ކަމަށެވެ. އަދި އިންތިޚާބާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ބަލައި ނިމުމުން ނޫނީ އެކަމުގައި ވަކި ގޮތެއް ނުނިންމާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމުގެ ތައްޔާރީތަކާ ގުޅޭގޮތުން އުނައިސް ވިދާޅުވީ، އަތޮޅުތަކުން ސެކިއުރިޓީ ފޮށިތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ކޮމިޝަންގެ އަމާޒަކީ މިމަހުގެ 11 ވަނަ ދުވަހު އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވޯޓާ ގުޅިގެން ލިބިފައިވާ އެކި ޝަކުވާތައް ބެލުމުގެ މަސައްކަތްވެސް ކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު، ޖުމްލަ ގޮތެއްގައި ރާއްޖޭގެ ބޮޑު މެޖޯރިޓީއެއް ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ސިޓީ ކައުންސިލްތަކުގެ ނަތީޖާއަށް ބަލާއިރު ފަސް ސިޓީއެއްގެ މޭޔަރުން ހިމެނޭހެން، ސިޓީ ކައުންސިލްތަކުގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އިދިކޮޅު އެމްޑީޕީން ވަނީ މި އިންތިޚާބުގައި ރަށު ކައުންސިލްތަކުގެ 238 ގޮނޑި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 177 ގޮނޑި ކާމިޔާބުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބުގެ ފައިނަލް ނަތީޖާ އިއުލާނު ކުރުމާއެކު، ދެވަނަ ބުރަކަށް ދާންޖެހޭ ދާއިރާތަކާއި އެ ދާއިރާތަކުގެ ވޯޓުލުން ބާއްވާނެ ތާރީޚެއް ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު