މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ތަރުތީބު ނުވުމުގެ މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ ތިލަފުށީގައި ތަރައްޤީކުރާ އާ ޕޯޓު ކަމަށާއި، އެ ތަން 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޮޕަރޭޝަނަށް ގެންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކުރާނެ އަސަރުތައް ދެނެގަތުމަށް އުފައްދާފައިވާ ކްރައިސިސް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރަކީ ވަރަށް ކުރީގެ ފަރުމާއަކަށް ހަދާފައިވާ ތަނެއް ކަމަށާއި، ފާއިތުވި ގިނަ ސަރުކާރުތަކުން އެ ތަން ބޮޑުކުރުމަށް "ޑިސައިސިވް" ނުވަތަ ވަރުގަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ.
"މާލޭ ވިޔަފާރި ބަނދަރުގައި މިހާތަނަށް ހަމަ އިކުއިޕްމެންޓުކޮޅެއް ގަނެލުން ފިޔަވާ މާބޮޑު ކަމެއް ނެތް ކުރެވިފައެއް. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިއަށް ގޮތެއް ނިންމަވާފައި. އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައިވެސް އެއޮތީ 2027 ގެ ނޮވެމްބަރުގައި ތިލަފުށީ ޕޯޓު އޮޕަރޭޝަނަލައިޒް ކުރާނެކަން ފާހަގަކުރައްވާފައި،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ތިލަފުށީ ޕޯޓާއެކު މުދާ ބެހެއްޓޭނެ ސަރަހައްދުތަކާއި ކަނެކްޓިވިޓީގެ ފުރިހަމަ ނިޒާމެއް ގާއިމްވެގެންދާނެ ކަމަށާއި، އޭރުން މިހާރު މާލޭ ބަނދަރުގައި އޮތް ނުތަނަވަސްކަން މުޅިން ފިލައިގެންދާނެ ކަމަށެވެ.
ވިޔަފާރި ބަނދަރުގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، މިދިޔަ ކުއާޓަރަކީ ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސް، އިޤްތިސާދީ ހަރަކާތްތައް އިތުރުވި ދުވަސްވަރެއް ކަމަށެވެ. އަދި ރަމަޟާން މަހާ ދިމާކޮށް މުދަލުގެ ޑިމާންޑު ބޮޑުވެފައިވަނިކޮށް، ދުނިޔޭގެ ސަޕްލައި ޗެއިންއަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ޝިޕިންގ ޗާޖަސްއާއި އިންޝުއަރެންސް އަގުބޮޑުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކޮލޮމްބޯ ބަނދަރުގައި ޓްރެފިކް ބޮޑުވެ، ރާއްޖެއަށް އަންނަން ހުރި ގިނަ ކޮންޓެއިނަރުތަކެއް އެތަނުގައި ތާށިވި. ބައެއް ބޯޓުފަހަރު މާލެއަށް އައިސް ޖާގަ ނެތިގެން މުދާ ނުބޭލި އަނބުރާ ދާންޖެހޭ ހާލަތްތައްވެސް ދިމާވި،" މިނިސްޓަރ ވިދާޅުވިއެވެ.
މި ދަތިތަކުގެ ތެރޭގައިވެސް، ބާޒާރުގައި މުދާ ހުސްވިޔަ ނުދިނުމަށް ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ޚާއްޞަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން 164 ބާވަތެއްގެ އަސާސީ މުދާ މޮނިޓަރކޮށް، ވަކި ބާވަތެއް މަދުވާނަމަ އެ މުދާ ހުރި ކޮންޓެއިނަރުތައް ޕޯޓުން އަވަހަށް ކްލިއަރ ކުރުމުގެ މަސައްކަތް ސަރުކާރުން އިސްވެ ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކޮލޮމްބޯގައި ތާށިވާ ކޮންޓެއިނަރުތައް ކުޅުދުއްފުއްޓަށް ނުވަތަ އައްޑޫ ބަނދަރަށް ގެނެވޭނެ ގޮތްތަކާއި، ތިލަފުށީގައި ހުރި އަމިއްލަ ސެކްޓަރުގެ ބަނދަރުތައް ބޭނުންކުރުމާ ގުޅޭގޮތުން ދިރާސާކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އިމްޕޯޓަށް ކުރިމަތިވެދާނެ ހުރަސްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެލުގެ 80 އިންސައްތަ ގެންނަނީ އެ ސަރަހައްދުން ކަމަށްވީ ނަމަވެސް، އެސްޓީއޯއާއި އަމިއްލަ އިމްޕޯޓަރުން ގުޅިގެން އަލްޓަނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތް ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ކުރަމުންދާ ކަމަށެވެ.
"އަސާސީ މުދަލާއި ފިއުލް މާކެޓުން ހުސްވެދާނެ އެއްވެސް ހާލަތެއް އަޔަ ނުދިނުމަށް ސަރުކާރުން ރެޔާ ދުވާލު މިދަނީ މަސައްކަތް ކުރަމުން. އެފަދަ ހާލަތެއް އިރާދަކުރެއްވިއްޔާ ނާންނާނެ،" މިނިސްޓަރ ސައީދު ޔަގީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު