ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން އަމީނިއްޔާ ސްކޫލުގައި ހިންގާ ސެންސަރީ ކްލާސްރޫމް ތަރައްގީކޮށް، "އައިވޮންޑާ" ގެ ނަމުގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި މަޝްރޫއުގެ މަގްސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގެނުމުގެ ފަހި މާހައުލެއް ގާއިމުކޮށްދިނުމެވެ.
މި މަސައްކަތުގެ ތެރެއިން އެ ކްލާސްރޫމް މަރާމާތުކުރުމުގެ އިތުރުން، ކިޔަވައިދިނުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ބޭންކުގެ އެހީގައި ވަނީ ހަމަޖައްސައިދީފައެވެ. އަމީނިއްޔާ ސްކޫލުގެ ސެން ޔުނިޓުގައި 170 އަށް ވުރެ ގިނަ ކުދިން ތައުލީމު ހާސިލުކުރަމުންދާއިރު، ބީއެމްއެލް އިން ފޯރުކޮށްދިން މި އެހީއަކީ އެ ކުދިންގެ ހުނަރުތައް ތަރައްގީކުރުމަށް ލިބުނު މުހިންމު ބާރެކެވެ.

ބީއެމްއެލްގެ އެހީގައި އަމީނިއްޔާގެ ސެން ކްލާސް ތަރައްގީކޮށްފި
މީގެ ކުރިން ވެސް ބީއެމްއެލް އިން ވަނީ ރާއްޖޭގެ 40 އަށް ވުރެ ގިނަ ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ސްކޫލްތައް ވެސް ހިމެނޭއިރު، މިއީ ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމައުގައި ބާރުވެރިކުރުވުމަށް އެ ބޭންކުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު