ސިޔާސީ ޕާޓީތަކަށް މީހުންނަށް ނޭނގި ވެއްދުމުގެ މައްސަލައަކީ ރާއްޖޭގައި އަބަދުވެސް އޮންނަ ބޮޑު ޝަކުވާއެކެވެ. ޚާއްސަކޮށް ފަހުގެ ތާރީޚުގައި މި ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން ވެރިކަންކުރާ ޕީއެންސީން ސައްހަ ނޫން ފޯމުތަކެއް އީސީއަށް ހުށަހަޅައިގެން އެޕާޓީއަށް މެންބަރުން ވައްދާފައިވާ ކަމުގެ ތުހުމަތު އެޕާޓީ ވެރިކަމަށް އައި ހިސާބުން ފެށިގެން ބައެއް ރައްޔިތުން ވަނީ ކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާރު ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީއެވެ. އެ ޕާޓީގައި 74،048 މެންބަރުން އެބަތިއްބެވެ. ޕީއެންސީއަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެއްފަހަރާ މިހާ ގިނަ ޢަދަދެއްގެ މެންބަރުން އެއް ސިޔާސީ ޕާޓީއަކަށް ހަމަކުރި ޕާޓީއެވެ. ނަމަވެސް، މި ހުރިހާ މެންބަރުންނަކީ ސައްހަ މެންބަރުން ކަމާމެދު ރައްޔިތުން ސުވާލު އުފައްދައެވެ.
މި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި އިއްޔެ ބޭއްވި އިންތިޚާބުތަކުގައި ޕީއެންސީން ވަކާލާތުކުރި ގޮތަށް ތާޢީދުކޮށް ވޯޓުދިން މީހުންގެ ޢަދަދަށް ބަލަންޖެހެއެވެ. މިއިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު، ޕީއެންސީގެ ދަފްތަރުގައި ތިބި 74،000 އެއްހާ މެންބަރުންގެ ވޯޓާ އެއްވަރުގެ ޢަދަދެއް އެ ޕާޓީއަށް ހަމަކުރެވިފައެއް ނުވެއެވެ. މިއީ ރައްޔިތުން ކުރަމުންދާ "ވަގު ފޯމުގެ" ތުހުމަތަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. ޕީއެންސީން ބުނާ ގޮތުގައި އެޕާޓީގައި އޮތީ ރާއްޖޭގައި އޮތް އެންމެ ސައްޙަ މެންބަރުންގެ ދަފްތަރެވެ. ނަމަވެސް އިއްޔެގެ ވޯޓު ފޮށިން ރައްޔިތުންނަށް ފެނުނީ އެ މަންޒަރެއް ނޫނެވެ.
އެހެންކަމުން މިކަމުގައި ރައްޔިތުން އީސީއަށް ކުރާ ތުހުމަތުތަކަށް އެ ކޮމިޝަނުންވެސް ސާފު ޖަވާބެއް ދެއްވަން ޖެހެއެވެ. ސިޔާސީ ޕާޓީތަކަށް އެޕާޓީތަކުގެ ދަފްތަރު ސައްޙަކުރަން އަންގަން ޖެހެއެވެ. ސުމަކުން ފަށަންޖެހެއެވެ. ސިޔާސީ ޕާޓީތައް ހިންގަން ފައިސާ ދޫކުރަނީ ރައްޔިތުންގެ ފައިސާއިންނެވެ. ދަޢުލަތުގެ ބަޖެޓުންނެވެ. ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުމުގައި، ހަމައެކަނި ދަފްތަރުގައި ތިބޭ އަދަދަށް ބެލުމުގެ ބަދަލުގައި، އިންތިޚާބުތަކުގައި ވޯޓު ހޯދާ އަދަދަށް ރިއާޔަތް ކުރުމަކީ "ވަގު ފޯމު" ފުރުން ހުއްޓުވޭނެ ހަމައެކަނި ގޮތެވެ.
"ވަގު ފޯމް" މައްސަލާގައި ރައްޔިތުންގެ ތުހުމަތުތަކަށް ބޮޅެއް އިތުރުވެގެން ދިޔައީ، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގެ މީޓިން ރޫމުގައި ގިނަ އަދަދެއްގެ ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެ ފޮޓޯތަކުގައި ޕީއެންސީގެ މެންބަޝިޕް ފޯމްތަކާއި ފިންގާ ޕްރިންޓް ޖެހުމަށް ބޭނުންކުރާ ދެލި ޕެޑްގެ އިތުރުން، އެއް ކަރުދާހެއްގައި ގިނަ އަދަދެއްގެ ޕާސްޕޯޓު ސައިޒްގެ ފޮޓޯތަކެއް ވެސް ފެންނަން ހުއްޓެވެ. މިކަމުގެ ސަބަބުން ޑީއެންއާރުގައި ތިއްބެވި ސިޔާސީ މުވައްޒަފުންނަށް ސީރިއަސް ތުހުމަތުތަކެއް އަމާޒުވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ފޮޓޯތަކުގައި މޭޒުމަތީގައި ޕިއްޒާތަކެއް ހުރި މަންޒަރު ފެނެއެވެ. ނަމަވެސް، އެހެން ފޮޓޯތަކުން ފެންނަ ގޮތުގައި އެ ތަނުގައި ކުރިއަށް ދިޔައީ ހަމައެކަނި ޕިއްޒާ ޕާޓީއެއް ނޫނެވެ. "ވަގު ފޯމު" ފުރި ކަމުގެ ތުހުމަތު ކުރި ގިނަ މީހުން ފާހަގަކޮށްފައިވަނީ، އެ ފޯމުތަކުގައި ޖަހާފައިވަނީ އެންމެ ފަހުން އައިޑީ ކާޑު ހައްދަން ޑީއެންއާރަށް ހުށަހެޅި ފޮޓޯ ކަމަށެވެ. އަދި އައިޑީ ކާޑުގެ ކޮޕީގެ ގޮތުގައި ހުށަހަޅާފައިވަނީ އާ ކާޑު ހައްދަން ހުށަހެޅި ކުރީގެ އައިޑީ ކާޑުގެ ކޮޕީ ކަމަށެވެ. މިއީ ޑީއެންއާރު ފަދަ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ލީކުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނު ސަބަބެކެވެ.
ޕީއެންސީއަށް 74000 މެންބަރުން ހަމަކުރި ފޯމުތަކުގައި، ރައްޔިތު މީހާގެ ހުރިހާ ޒާތީ މައުލޫމާތެއް ފުރިހަމައަށް ހުރުމާއި، ސޮއި ވައްތަރުވުމަކީ ސަރުކާރުގެ ކޮންމެވެސް އިދާރާއެއްގެ ޑޭޓާބޭސްއިން މައުލޫމާތު ހޯދައިގެން ކޮށްފައިވާ ކަމެއް ކަމަށް ރައްޔިތުން ތުހުމަތު ކޮށްފައިވެއެވެ.
މީގެ އިތުރުން، އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ފައިސާ ހަރަދުކުރާ ގޮތާ މެދު ވެސް ކަންބޮޑުވުން އެބައޮތެވެ. ޖަމިއްޔާތަކަށް ތަކެތި ހަދިޔާކުރުމާއި، ރައްޔިތުން ބޭސްފަރުވާއަށް ފޮނުވުމާއި، ޢުމްރާ ދަތުރު ހުށައެޅުމާއި، އަދި ނާޖާއިޒު އެހެނިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަކީ ޑިމޮކްރަސީގެ ރޫހާ ޚިލާފު ކަންކަމެވެ. ޖުމްލަގޮތެއްގައި ބަލާއިރު، ޕީއެންސީގެ މެންބަރުންގެ އަދަދު 74،000 އަށް އެރި ނަމަވެސް، އެ އަދަދަށް އިއްޔެ އެޕާޓީއަށް ވޯޓު ނުލިބުމަކީ އެ ޕާޓީގެ ދަފްތަރާ މެދު އުފެދިފައިވާ ސުވާލުތަކަށް އޮތް އެންމެ ފުރިހަމަ ޖަވާބެވެ. ދައުލަތުގެ ވަސީލަތްތަކާއި އޮފީސްތައް ބޭނުންކޮށްގެން ސިޔާސީ މަސައްކަތް ކުރުމަކީ އީސީންވެސް ބަލަންޖެހޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު