އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަމްރު-
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަމްރު-
ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީއަކީ ކޮރަޕްޝަނާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާ ދެކޮޅަށް ރައްޔިތުން ދިން ވަރުގަދަ މެސެޖެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއާ ވާދަކޮށް އެމްޑީޕީން ހޯދި ކާމިޔާބީއާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށާއި އެ ޕާޓީން ކުރިއަށް ގެންދިޔަ ފޯރިގަދަ ކެމްޕޭނަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި އިންތިޚާބުގެ ނަތީޖާއިން ފެނިގެންދިޔައީ ކޮރަޕްޝަނުގެ އަމަލުތަކާ މެދު ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ކަމަށެވެ.

މީގެ އިތުރުން، އިއްޔެ ނެގި ރިފަރެންޑަމްގައި ސަރުކާރަށް ރައްޔިތުން ބޮޑުތަނުން "ނޫނެކޭ" ބުނުމާ ގުޅިގެން ވެސް އަމްރު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރިފަރެންޑަމްގެ ނަތީޖާއިން ހާމަވެގެންދިޔައީ ވަކި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި، ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރައްޔިތުން ނުރުހުންވެފައިވާ މިންވަރު ކަމަށެވެ.



އެހެންކަމުން، ސަރުކާރުން ކުރަމުންދާ ނުރަނގަޅު ކަންކަން އިސްލާހުކޮށް، ވޯޓު ފޮށިން ރައްޔިތުން މި ބުނި ސާފު މެސެޖަށް އިހުތިރާމްކުރުމަށް އަމްރު ވަނީ ގޮވާލައްވާފައެވެ.

އަމްރު މިހެން ވިދާޅުވެފައިވާއިރު އިއްޔެ ކުރިއަށް ގެންދިޔަ އިންތިޚާބުތަކުގައި މި ސަރުކާރު ވަނީ ބޮޑުތަނުން ބަލިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު