އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެން މަސައްކަތް ކުރައްވާނީ ކައުންސިލްތަކުގެ ހުރިހާ ބާރުތަކެއް އަތުލައި، އެޓޯލްސް މިނިސްޓްރީގެ ދަށަށް ރަށްރަށުގެ ހުރިހާ ކަމެއް ގެންދިއުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
'އެކްސް' ގައި ކުރެއްވި ފޯސްޓެއްގައި ވައްޑެ ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއިން ފެނިގެންދިޔައީ ރައްޔިތުން ކައުންސިލްތަކަށް ފުރިހަމަ ތާއީދު ދިން ތަން ކަމަށާއި، ނަމަވެސް ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާ ކަމަށެވެ. އަދި ސަރުކާރުން މިހާރު "ޒިންމާދާރުކަމޭ ފަޅޮލޭ" ކިޔައިގެން ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވައްޑެ އިތުރަށް އިންޒާރު ދެއްވަމުން ވިދާޅުވީ، "ދެން މުއިއްޒު މަސައްކަތް ކުރާނީ ކައުންސިލްތަކުގެ ހުރިހާ ބާރެއް އަތުލަން. އެޓޯލްސް މިނިސްޓްރީގެ ދަށަށް ހުރިހާ ރަށެއްގެ ހުރިހާ ކަމެއް ނަގަން. މިކަން ކުރަން އުޅެފިނަމަ ސަރުކާރު ވައްޓާލަން ނުކުންނަންޖެހޭނެ،" ކަމަށެވެ.
ވައްޑެ މިފަދަ ހަރުކަށި ރައްދެއް ދެއްވާފައި މިވަނީ ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެފައިވަނީ، އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާ ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި ބަހުސް އުފެދިފައި މިވަނީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި އިންތިޚާބުތަކުގެ ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

ކައުންސިލްތަކަށް ރައްޔިތުން ފުރިހަމަ ތާއީދު ދީފި. ރައްޔިތުން ތާއީދު ނުދިނީ ސަރުކާރަށް. މިހާރު ސަރުކާރުން ޒިންމާރުކަމޭ ފަޅޮލޭ ކިޔާނެ ކަމެއް ނެތް. https://t.co/PRMoGx30yM
— Waddey (@waddey_) April 5, 2026
ވައްޑެ އިތުރަށް އިންޒާރު ދެއްވަމުން ވިދާޅުވީ، "ދެން މުއިއްޒު މަސައްކަތް ކުރާނީ ކައުންސިލްތަކުގެ ހުރިހާ ބާރެއް އަތުލަން. އެޓޯލްސް މިނިސްޓްރީގެ ދަށަށް ހުރިހާ ރަށެއްގެ ހުރިހާ ކަމެއް ނަގަން. މިކަން ކުރަން އުޅެފިނަމަ ސަރުކާރު ވައްޓާލަން ނުކުންނަންޖެހޭނެ،" ކަމަށެވެ.
ދެން @MMuizzu މަސައްކަތް ކުރާނީ ކައުންސިލްތަކުގެ ހުރިހާ ބާރެއް އަތުލަން. އެޓޯލްސް މިނިސްޓްރީގެ ދަށަށް ހުރިހާ ރަށެއްގެ ހުރިހާ ކަމެއް ނަގަން. މިކަން ކުރަން އުޅެފިނަމަ ސަރުކާރު ވައްޓާލަން ނުކުންނަންޖެހޭ!
— Waddey (@waddey_) April 5, 2026
ވައްޑެ މިފަދަ ހަރުކަށި ރައްދެއް ދެއްވާފައި މިވަނީ ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެފައިވަނީ، އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާ ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި ބަހުސް އުފެދިފައި މިވަނީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި އިންތިޚާބުތަކުގެ ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ކިޔުންތެރިންގެ ހިޔާލު