އިއްޔެ ރާއްޖޭގައި ބޭއްވި ވާދަވެރި 3 އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 72 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކުރި ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މިއީ ރާއްޖޭގެ އިންތިޚާބީ ތާރީޚަށް ބަލާއިރު، ކައުންސިލް އިންތިޚާބެއްގެ ބައި-އިލެކްޝަނެއްގައި މިހާ ގިނަ އަދަދަކަށް މީހުން ވޯޓުލާން ނުކުތް ފުރަތަމަ ފަހަރެވެ.
އިއްޔެ އެއްފަހަރާ ކުރިއަށް ގެންދިޔަ ތިން އިންތިޚާބަކީ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެވެ. މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,876 މީހަކަށް ލިބިފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ދަންވަރު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެވަގުތާ ހަމައަށް ގުނުނު ވޯޓުފޮށިތަކުން ދައްކާގޮތުގައި 214,898 މީހުން ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 72.88 އިންސައްތައެވެ.
އިއްޔެ ހެނދުނު 8:00 ގައި ވޯޓުލާން ފެށިއިރު، ފުރަތަމަ ވޯޓުލުން ނިންމުމަށް ހަމަޖެހިފައި އޮތީ ހަވީރު 4:00 އަށެވެ. ނަމަވެސް އެ ގަޑިއާ ހަމައަށް ވޯޓުލާފައިވަނީ 62.98 އިންސައްތަ މީހުން ކަމަށްވެފައި، ވޯޓުލާ މަރުކަޒުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ކިއޫގައި ތިބުމުގެ ސަބަބުން ވަގުތު އިތުރުކޮށް ކިއޫތައް ބަންދުކުރީ ހަވީރު 5:00 ގައެވެ. ހުރިހާ ފޮއްޓެއް ބަންދުކޮށް ނިމުނީ ރޭ 10:30 ހާއިރުއެވެ.
މި އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ގިނަ ގޮނޑިތަކުން ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. ވަކިން ހާއްސަކޮށް، ދެ އިންތިޚާބާ ގުޅޭގޮތުން ނެގުނު ރިފަރަންޑަމް ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ސަރުކާރުން ހުށަހެޅި ކަންކަމާ ދެކޮޅަށް ވޯޓު ދީފައެވެ.
އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު