މިހާރު އިއުލާން ކުރަމުންދާ ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ދިން ވަރުގަދަ ރަތް ކާޑެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދެވި ރައީސް މުއިއްޒަށް އެ އިންތިހާބުގައި ލިބިވަޑައިގަތީ 129,159 ވޯޓެވެ.
ނަމަވެސް، ވެރިކަމަށް 3 އަހަރު ވެގެންދާއިރު، ސަރުކާރުން ހުށަހެޅި މި މުހިންމު ކަމުގައި ސަރުކާރުގެ ނިންމުމާ ދެކޮޅަށް 130,919 އަށްވުރެ ގިނަ ރައްޔިތުން "ނޫނެކޭ" ބުނުމަކީ، ސަރުކާރުގެ މަގުބޫލުކަން އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމުގެ ސާފު ހެއްކެކެވެ.
މިއީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ލިބުނު ޖުމްލަ ވޯޓަށްވުރެ ވެސް އިތުރު އަދަދެއް ކަމަށްވާއިރު، މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން އިތުބާރު ނުކުރާކަން ހާމަވާ ތަފާސްހިސާބެކެވެ.
ސަރުކާރަށް ތާއީދުކޮށް ރިޔާސީ އިންތިހާބުގައި ވޯޓުދިން ގިނަ އަދަދެއްގެ ރައްޔިތުން ވެސް މިފަހަރު ސަރުކާރާ ދެކޮޅަށް ތެދުވެފައިވާކަން މި ނަތީޖާއިން ސާފުވެއެވެ. މިކަމުން ދޭހަވަނީ، ފާއިތުވި މަސްތަކުގެ ތެރޭގައި ސަރުކާރުން ނިންމާފައިވާ އިގްތިސާދީ އަދި ސިޔާސީ ނިންމުންތަކާ މެދު ރައްޔިތުންގެ މެދުގައި އޮތް ނުރުހުން އިންތިހާއަށް ބޮޑުވެފައިވާ މިންވަރެވެ.
ޚާއްސަކޮށް، ރައްޔިތުންގެ ދިރިއުޅުމާ ގުޅުންހުރި ކަންކަމުގައި ސަރުކާރުން ގެންގުޅޭ އުސޫލުތަކާއި، ވައުދުތައް ފުއްދުމުގައި ހުރި ހުރަސްތަކުގެ ސަބަބުން، މީގެ ކުރިން ސަރުކާރަށް ތާއީދުކުރި މީހުން ވެސް މިއަދު ތިބީ ސަރުކާރާ ދެކޮޅަށްކަން މި ވޯޓުން ވަނީ ސާބިތުކޮށްދީފައެވެ.
ސަރުކާރުގެ ބާރުވެރިކަމާއި ނުފޫޒު ބޭނުންކޮށްގެން ކަންކަން ނިންމުމުގެ ސަގާފަތަށް ރައްޔިތުން މިވަނީ ވަރުގަދަ ހަމަލާއެއް ދީފައެވެ.
މި ނަތީޖާއަކީ ހަމައެކަނި ވަކި ކަމަކަށް ބުނި "ނޫނެކޭ" އެއް ނޫނެވެ. މިއީ މުޅި ސަރުކާރުގެ ހިންގުމަށާއި، ރައީސް މުއިއްޒުގެ ލީޑަޝިޕަށް ރައްޔިތުން ދިން އިންޒާރެކެވެ.
ރިޔާސީ އިންތިހާބުގައި ލިބުނު އަޣުލަބިއްޔަތު މިއަދު ބަދަލުވެފައިވަނީ ސަރުކާރާ ދެކޮޅު އަޣުލަބިއްޔަތަކަށެވެ. ގައުމުގެ ހާލަތު މިހާ ހިސާބަށް ދިޔައިރު، ސަރުކާރުން ރައްޔިތުންގެ އަޑުއެހުމުގެ ބަދަލުގައި އަމިއްލަ އެޖެންޑާއެއް ކުރިއަށް ނެރުމުގެ ނަތީޖާއަކީ، ވޯޓު ފޮށިތަކުން މި ފެނުނު ހިތްދަތި ނަތީޖާއެވެ.
މިހާރު މިއޮތީ ސަރުކާރުން ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މަރުހަލާއެއްގައެވެ. ނޫން ނަމަ، ކުރިއަށް އޮތް ތަނުގައި ސަރުކާރަށް ކުރިމަތިވާނެ ސިޔާސީ ގޮންޖެހުންތައް މިއަށްވުރެ ވެސް މާ ނުރައްކާތެރި ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު